މުޒާހަރާ ރޫޅާލައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ޢާލިމް އަބްދުއްލަތީފް

ޒުވާނުންގެ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދަނީ --- ފޮޓޯ: ދައުރު
SHARE
މާލޭގެ ގެއެއްގެ މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން މިރޭ ޒުވާނުން ކުރި މުޒާހަރާ ރޫޅާލައި އިސްކޮށް އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު މައްސަލައިގެ ތަހުގީގު ހިނގަމުންދާގޮތާ މެދު ކަންބޮޑުވުންފާޅުކޮށް ގިނަ އަދަދެއްގެ ޒުވާނުން ކޮންމެ ރެއަކު އަންނަނީ މުޒާހަރާކުރަމުންނެވެ.
މިރޭގެ މުޒާހަރާ ހުއްޓުވަން ފުލުހުން އުޅުނީ ސާޖަންޓް އަދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމަތީ މަޖީދީ މަގު ބަންދުކޮށްގެން ޓޭބަލް ޓެނިސް އާއި ކެރަމް ކުޅެން ފެށުމުންނެވެ.
ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށްވަދެ ޕެޕާސްޕްރޭ ޖެހުމަށްފަހު މުޒާހަރާ ލީޑްކުރުމުގައި އުޅުނު ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން އަޑުގަދަކުރަން ގެންގުޅުނު މެގަ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް ބައިވެރީންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. "ދުލެއް ނުކުރާނަން" މި ނަމުގައި ޒުވާނުން ސިލްސިލާ މުޒާހަރާތައް ކުރާތާ މިއީ 11 ވަނަ ރެއެވެ.
.png&w=3840&q=75)
ޒުވާނުންގެ މުޒަހަރާއިން މީހަކު ހައްޔަރުކުރަނީ
މުޒާހަރާގެ ބައިވެރިން ޑިމާންޑްކޮށްފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރުކަމުން އަލީ ޝުޖާއު ވަނީ އިސްތިއުފާދެއްވާފައެވެ. މުޒާހަރާގެ ބައިވެރިން ކުރި އެންމެ ބޮޑު ޑިމާންޑަކީ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް މިނިވަން ކޮމިޝަނެއް ހެދުމެވެ. ރައީސް ޑރ. މުހައްމަދު ވަނީ އެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.
އެ ކޮމިޝަން އުފެއްދުމުން ޒުވާނުންގެ ކަންބޮޑުވުމަކީ އެ ކޮމިޝަނުގައި އަންހެން ބޭފުޅަކު ނެތުމެވެ. އެހެންވެ، ރައީސް މުއިއްޒު ވަނީ ދެ އަންހެން ބޭފުޅަކު އެ ކޮމިޝަނަށް އައްޔަންކުރައްވާފައެވެ.

ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ވަރަށް އަވަހަށް އެ ކޮމިޝަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.