ރައީސް އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި

މަރްޔަމް މާޙީ

އެސްޓޯނިއާއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
SHARE
މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުން ވަނީ ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުގެ ހަރަދުތަކުގެ ތަފުސީލުތައް އާންމުކޮށްފައެވެ. ރައީސްގެ އެ ދަތުރުފުޅަށް ޖުމްލަ 1،371،069.18 ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެ ތަފުސީލު ހިސާބުތަކުގައިވެއެވެ.
ރައީސްގެ ދަތުރުފުުޅުގައި އެސްޓޯނިއާގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި, ވުޒާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ގިނަ ކަންކަން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން މި ބައްދަލުކުރެއްވުުމުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އީޖާދުތަކާއި ތިމާވެށީގެ ވިލުންތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. އަދި ދެ ގައުމަށް ފައިދާ ވާނެ ގިނަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސް މުއިއްޒު އެސްޓޯނިއާއަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް, މިދިޔަ މަހުގެ 13 އިން 17 އަށެވެ.
.png&w=3840&q=75)