logo

ކުޅުދުއްފުށީ 8 ގެއަކުން ސިހުރު ހަދާ ތަކެތި ހޯދައިފި

މިރާޝް މޫސާ

20 ފެބްރުއަރީ 2025 - 16:59
ކުޅުދުއްފުށީ 8 ގެއަކުން ސިހުރު ހަދާ ތަކެތި ހޯދައިފި

SHARE

ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދާ ތަކެތި ފުލުހުން ހޯދައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ސިހުރު ހަދަން ބޭނުން ކުރާޒާތުގެ ލިޔުންތަކާއި ފޮތްތަކާއި ސިހުރު ހަދަން ގެންގުޅޭ ބައެއް އާލަތްތައް ހޯދާފައިވާ ކަމަށެވެ.

އެ ތަކެތި ހޯދާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލާފާސްކޮށް އޭގެތެރެއިން 8 ގެއިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމައެއްނުކުރެއެވެ.

ސިހުރު ހެދުމަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި ހިނގަމުން އަންނަ ކަމެކެވެ. އެފަދަ މައްސަލަތަކުގައި މީގެކުރިން ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/