ކުޅުދުއްފުށީ މޭޔަރު އާތިފަށް ހަމަލާދޭން ބަޔަކު އުޅުމުން ފުލުހުން ހިމާޔަތްދީފި
ސައިފުﷲ އަލީ

ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފް -- ފޮޓޯ: އަދަދު
SHARE
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް އާއްމުންގެ ބަޔަކު ހަމަލާދޭން އުޅުމުން އޭނާއަށް ފުލުހުން ހިމާޔަތް ދީފިއެވެ.

ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ މޭޔަރަަށް ހިމާޔަތްދިނުމުގެ ގޮތުން، ފުލުހުންގެ ހިމާޔަތުގައި ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް, އެ ކަމާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"މައުލޫމާތު ޔަގީންކުރެވޭ މިންވަރުން, ޕޮލިސްމީޑިއާއިން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމުގައި ދަންނަވަން," ފުލުހުން ފޮނުވި މެސެޖުގައި ވެއެވެ.
އެނގިފައިވާ ގޮތުގައި މި ކަން ހިނގީ މޭޔަރު އާތިފް އަންހެނަކާއެކު ކާރުގައި އިންނަވަނިކޮށް ބަޔަކު މީހުން ގޮސް މޭޔަރަށް ހަމަލާދޭން އުޅުމުން ކަމަށެވެ. އަދި އެ ވަގުތު ސިޔާސީ ފިކުރު ތަފާތު ބައެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގީކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް, މޭޔަރަށް އެއްވެސް އަނިޔާއެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ.


