
ކުޅުދުއްފުށި ތަފާތު: ތާރު މަގުތައް ފޮޅަން ބޭނުންކުރަނީ ރޯޑް ސްވީޕާއެއް

އަޙްމަދު ސަދޫފް މޫސާ

ކުޅުދުއްފުށި ސިޓީގައި ބޭނުންކުރަން ފެށި ސްވީޕާ -- ފޮޓޯ:ކުޅުދުއްފުށި އޮންލައިން
SHARE
ކުޅުދުއްފުށި ސިޓީ ކައުންސިލުންގެ ޚަރަދުގައި އެ ސިޓީގެ ތާރު އެޅި މަގުތައް ފޮޅައި ސާފުކުރުމަށްޓަކައި ގެނައި ރޯޑް ސްވީޕާ އެއް ބޭނުންކުރަން ފަށައިފިއެވެ.

މި ސްވީޕާ ބޭނުންކޮށްގެން މަގުތައް ސާފުކުރުމުގެ މަސައްކަތް ރޭ ފެށިފައިވާއިރު، އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ އެ ސިޓީގެ މައި މަގު ކަމުގައިވާ އަމީނީމަގު ސާފުކުރުމަށެވެ.
އެ ސިޓީގެ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އެ ސިޓީގެ ތާރު އެޅި މަގުތައް ފޮޅައި ސާފުކުރުމަށް ރޯޑް ސްވީޕާ އެއް ބޭނުންކުރުމުގެ މަސައްކަތް ރޭ ފެށިފައިވާއިރު، އެ ސްވީޕާ ބޭނުންކޮށްގެން ތާރު އެޅި މަގުތައް ސާފުކުރަމުންގެންދަން ނިންމާފައިވަނީ ވަކި ޝެޑިއުލެއްގެ ދަށުންނެވެ.
އެގޮތުން ތާރު އެޅި ހުރިހާ މަގެއް ރޯޑް ސްވީޕަރު ބޭނުންކޮށްގެން ސާފުކުރަން ނިންމައިފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ.
އެ ރަށް ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން، އެ ރަށަށް އިތުރު ސްވީޕާއެއް ބޭނުންވާނަމަ އިތުރު ސްވީޕާއެއް ވެސް ގެނައުމަށް ރާވަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މިއީ ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގެ ރަށެއްގައި އެފަދަ ސްވީޕާއެއް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރެވެ.




