logo

ޖިންނީން އިންސާނުންނަށް ގޯނާކުރަނީ ކީއްވެ؟

ސައިފުﷲ އަލީ

10 މާރިޗު 2026 - 02:50
ޖިންނީން އިންސާނުންނަށް ގޯނާކުރަނީ ކީއްވެ؟

SHARE

އިންސާނުންނަށް ޖިންނީން ގޯނާކުރަނީ ގިނަފަހަރަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. ޖިންނީންނަށް ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ ސިފަބަދަލުވުމުގެ ބާރުދެއްވައިފައެވެ. އަދި އެ ސޮރުމެން މި ފަދަ ބާރެއްގެ ބޭނުން ހިފައިފައިވާ ވަގުތު އިންސާނާއަށް ކުރެވޭ ކުޑަކުޑަ ކަމަކުންވެސް އެސޮރުމެން ބަދަލުހިފައި، އަނިޔާވެރިވެދާނެއެވެ. މިއީ ކަން ހިނގާ ގޮތެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިންސާނުންނަށް ޖިސްމާނީ ގެއްލުން ދިނުމާއި އިންސާނުންގެ ލޯމައްޗަށް ފެނުމަކީ ޖިންނީންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް އެސޮރުމެނަށް މިކަންކަންވެސް ކުރުމުގެ ކުޅަދާނަކަން ﷲ މިންވަރުކުރެއްވި ގޮތެއްގެ މަތިން ވަނީ ދެއްވާފައެވެ. މިސޮރުމެނަށް މިކަން ފަސޭހަކަމެއްކަމުގައި ނުވަނީ އެސޮރުމެނަށް މިފަދަކަމެއް ކޮށްފިނަމަ ގިނަފަހަރަށް ކުރިމަތިލާންޖެހެނީ ނުރައްކަލަކާ ކަމަށް ވުމެވެ. ޤުރުއާނުގެ ސަބަބުން އެމީހުން ޢުޤޫބާތަކަށް ހުށަހެޅި، ނުވަތަ މީހަކު ކުރާ ޛިކުރަކުން ގެއްލުމެއް ލިބުން މިފަދަ ކަމެއް ޖިންނީން ކުރުމުން ގާތްކަން ބޮޑެވެ. އަދި ބުޅާފަދަ ޖަނަވާރުގެ ސޫރައަށް ބަދަލުވުމުން، ވަގުތުން އެސޮރުގެ މައްޗަށް ހިނގާނީވެސް ބުޅަލުގެ ޙުކުމެވެ. މިސަބަބުތަކާހުރެ، އެކަންކަން ކުރުމަށް ޖިންނީންނަށް އެހާ ފަސޭހަކަމަކަށްނުވެއެވެ.

މިހެންވެގެން މަތް ނަބިއްޔާ (صلى الله عليه وسلم) ހަދީޘް ކުރައްވަނީ “ހަމަކަށަވަރުން ތިޔަބައި މީހުންގެ ތެރެއިން އެއްވެސް މީހަކު ހޮރަކަށް ކުޑަކަމު ނުދާހުށިކަމެވެ.” ޤަތާދާ އަރިހުގައި ދެންނެވުނެވެ. ހޮރުތަކަށް ކުޑަކަމުދިއުން އެދެވިގެންނުވަނީ ކީއްވެތޯއެވެ؟ ވިދާޅުވިއެވެ. “ހަމަކަށަވަރުން އެހޮރު ތަކަކީ ޖިންނީން ދިރިއުޅޭ ތަންތަނެވެ.” (ރަވާހު އަބޫދާވޫދު، ކިތާބުއްޠަހާރަތު)

ވަރަށް ގިނަފަހަރު އަތިރިމަތީ ހުށްނަ ހޮރު (ކަކުނި ހޮރުފަދަ) ތަކަށް އަޅުގަނޑު މެންގެ ތެރެއިން ބައެއް މީހުން ކުޑަކަމު ދެއެވެ. އޭގެ ސަބަބުން ބައެއްފަހަރު ހޮރުތެރޭ ޖިންނިއެއް އުޅުމުގެ ސަބަބުން އެސޮރުގަޔަށް ކުޑަކަމުދިއުމުން ބަދަލު ހިފައެވެ. ނަމަވެސް ކުޑަކަމުދިއުމުގެ ކުރިން އައޫޒު ކީކަމުގައި ވާނަމަ އެސޮރު އެތަނުން ދާނެއެވެ.

އެހެން ކަމުން، ޚުލާސާކޮށް ދަންނަވާނަމަ އިންސާނުންގެ މައްޗަށް ޖިންނީން ގަދަވެ ޖިސްމާނީ ގެއްލުން ދެނީ އެއިންސާނާ ﷲގެ މަގުން އެއްކިބާވެ، ގިނަ އުރެދުންތަކެއްގައި ހުރުމުގެ ސަބަބުންނެވެ. އެހެން ނޫންނަމަ ޖިންނީންނަށް އިންސާނުންނަށް ޖިސްމާނީ ގޮތުން ގެއްލުން ދިނުމަކީ ފަސޭހަކަމެއް ނޫނޭ ދެންނެވުމަށްވުރެ ރަނގަޅުވާނީ ނުކުރެވޭނެ ކަމެކޭ ދެންނެވިއްޔާއެވެ. ޖިންނީގެ ފަރާތުން އުނދަގުލެއްވުމުން ސިޙުރުވެރިކަމަށް އަރައިގަތުމާއި، ﷲ ޙަރާމްކުރެއްވި ގޮތްތައް ބޭނުންކޮށްގެން ސަލާމަތްވާން މަސައްކަތް ނުކުރުމަށް އިންޒާރުދީ ހަނދާންކޮށްދެމެވެ. އަދި ދީނުގައި އައިސްފައިވާ ގޮތުގެ މަތިން މިކަންކުރުމަށް ގޮވާލަމެވެ. ޖިންނީން އިންސާނުންނާ އަޅައިގަންނަ ސަބަބުތައް ދެނެގަތުން މުހިއްމެވެ. އެގޮތުން މިފާހަގަކޮށްލަނީ އެފަދަ ކަންކަމެވެ.

https://pnc.mv/local-council-inthihaab-2026

1- އަޅުކަމުގެ ތެރެއަށް އާކަންތައްތައް ވެއްދުން (ބިދުޢަ)

ޖިންނީން އިންސާނުންނާ އަޅައިގަންނަ އެއްސަބަބަކީ ދީނުގެ އެއްވެސް މަސްދަރަކުން އެނގެން ނެތް ކަންތައްތައް، ދީނުގެ ކަންތައްތައް ގޮތުގައި ދީނުގެތެރެއަށް ވެއްދުމެވެ. މި ގޮތުން ބަލާއިރު ސުންނަތުން ސާބިތުވާ ޛިކުރުތަކޭ ނުވަތަ ދުޢާތަކޭ ބުނެ، މުޅިން އައު އެއްޗެއް ގެނައުން ހިމެނެއެވެ. ކޮންމެ ކަމަކަށްވެސް އެމީހެއްގެ ޞީޣާއިން ދުޢާކުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ދީނުގައި ކަނޑައެޅިފައިވަ ދުޢާއެއްކަމަށް ހަދަން މަސައްކަތްކޮށްފިނަމަ އެއީ ބިދުޢައެކެވެ. އަދި ސިޙުރުވެރިންގެ ޢަމަލުތަކަށް ބަލާއިރު މިފަދަ ކަންކަން ވަރަށް ފެނެއެވެ.

އެގޮތުން ވަކި އިސްމެއް ވަކި ވަރަކަށް ކިއުމުން އެ އިސްމަކާއި ޙަވާލުވެ ހުންނަ މުވައްކިލު ނުވަތަ ޖިންނި އެ މީހަކާ ބައްދަލުކޮށް އެ މީހަކު ބުނިހާކަމެއް ކޮށްދޭނެކަމުގައި އެމީހުން ދެކި އެކަން ކުރުމުގެ ސަބަބުން ޝައިޠާނާ އެމީހުނާއި ބައިވެރިވެއެވެ. ހަނދާންކުރަންވީ ކަމަކީ ﷲ އެއްވެސް އާޔަތެއް ނުވަތަ އިސްމެއް، އެ އިސްމެއް މިވެނިވަރަކަށް ކިޔެވުމުން މިވެނި މުވައްކިލެއް އެކަމަށް ލައްވާނެއޭ އަންގަވާފައި ނެތްކަމެވެ.

މީހަކު ކުރާ ޛިކުރެއް ނުވަތަ ކިޔަވާ ކިޔެވުމެއް އެމީހަކަށް ފެންނަ ޢަދަދަކަށް ކިޔެވުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް މިދެންނެވިފަދަ ޤަބޫލުކުރުމެއް އޭގައި ވާނަމަ އެކަން ހިމެނޭނީ ބިދުޢައިގައެވެ. އެހެން ކަމުން ޢަދަދަކަށް ކިޔަވާނަމަވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިޔުއްވާފައިވާ ޢަދަދުތައް ކަނޑައެޅުން މާ އައުލާކަން ބޮޑެވެ.

/

މިސާލަކަށް ބައެއް ތަކެތި ކިޔުމަށް 7 ފަހަރު ނުވަތަ 100 ފަހަރު ވާރިދުވެފައި ވެއެވެ. އެހެން ކަމުން އެމީހާ ފަރުވާއަކަށް އާޔަތެއް ނުވަތަ އިސްމެއް ކިޔަވާއިރު 7 ފަހަރު ނުވަތަ 100 ފަހަރު ކިއިދާނެއެވެ. އެހެންނަމަވެސް އެމީހާގެ ޢަޤީދާ ކުރިން ދެންނެވިފަދަ ގޮތަކަށް އޮވެއްޖެނަމަ އެކަން ހުއްދަނުވާނެއެވެ.

އާޔަތެއް ވަކި ޢަދަދަކަށް ކިޔުމުން ވަކި ކަމެއް، އެއާޔަތް އެހެން ޢަދަދަކަށް ކިޔެވުމުން ވާނީ އެހެން ކަމެއްކަމަށް ބެލުމަކީ ބިދުޢައެވެ. ޝައިހުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “ޚުލާސާ ކޮށްލާއިރު، ތެދުމަގާއި ދުރަށް ދެވިފައިވާ މީހުންނާއި، ޝަރީއަތުގައި އައިސްފައިނުވާ އާ ކަންތައް ދީނުގެތެރެއަށް ވައްދާމީހުން، ބައެއްފަހަރު، ވާނޭކަންތައްތަކާ މެދު ވާހަކަދައްކައި އެކަންތައްތަކަށް ނުފޫޒުފޯރުވުމަށް އުޅޭތަން ފެނެއެވެ. މިފަދަމީހުން ޝައިޠާނުން އުޅޭތަންތަނަށް ގޮސް ދީނުގައި ނަމާދުކުރުމަށް މަނާކުރެވިފައިވާ ތަންތަނުގައި ނަމާދުކޮށް ހަދައެވެ. ނަތީޖާއެއް ގޮތުން ޝައިޠާނުންތަށް އެތަނަށް ޙާޟިރުވެ، އެބައިމީހުންވާހަކަ ދައްކަން ބޭނުންވާ ބައެއް މަޢުޟޫތަކަށް ވާހަކަދައްކައެވެ.” (އިބްނުތައިމިއްޔާ، މަޖްމޫޢުލް ފަތާވާ 41/19 )

2- ޙައްޤަކާއި ނުލައި ޖިންނީން އިންސާނުންނަށް ގެއްލުން ދިނުން

ބައެއްފަހަރަށް ޖިންނީން އެސޮރުމެންގެ ޙަސަދަވެރިކަމުގެ ސަބަބުން ނުވަތަ ހަމަ އެއްވެސް ސަބަބެއްނެތި، އަހަރެމެންގެ ތެރެއިން މޮޔަމީހުން މީހުނަށް ގޯނާ ކޮށްލާފަދައިން، ވަކި މަޤުޞަދެއް ނެތިވެސް އިންސާނުންނާ އަޅައިގަނެ މޮޔަކޮށް ހަދާފާނެއެވެ.

3- ޖިންނިއަކު އިންސާނަކުދެކެ ލޯބިވެގެން އަޅައިގަތުން

ޖިންނީންނަކީވސް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންގެ ޠަބީޢަތުގައި ލައްވާފައިވާ އިޙްސާސްތަކާއި އަދި ބައެއް އެހެން އެއްގޮތް ކަންތައްތައް ލައްވާފައިވާ ބައެކެވެ. އެގޮތުން ބަލާއިރު ކެއިންބުއިމާއި، ޝަހުވަތްތެރިކަން ހިމެނެއެވެ. އެހެން ކަމުން ޖިންނިއަކު އިންސާނަކާ، އިޝްޤީ ގޮތުން ލޯބިވެ އިންސާނުންގެ ކިބައިގައިވެސް މީހުން މީހުނާއި އަޅައިގަންނަ ފަދައިން އަޅައިގަނެފާނެއެވެ. އަދި އެމީހާއަށް ވަސްވާސްތައްދީ ، ފާޙީޝް ޚިޔާލުތަކުގައި ޖައްސާ ފާޙިޝްކަމުގެ ގޮތުން އެމީހާ ބޭނުންވެސް ކޮށްފާނެއެވެ.

ޝެއިހުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ. “އަދި އިންސާނާ ޖިންނި އަވަލަނީ އޭނާގެ ޝަހްވަތް ތެރިކަމާއި އިޝްޤު ނުވަތަ ހަވާނަފްސުގެ އެދުންވެރި ކަމުގެ ސަބަބުން އަދި ހަމަކަށަވަރުން އިންސާނުންނާއި ޖިންނި ކައިވެނި ކުރުމާއި އެދެމެދުގައި ދަރިންލިބުމާއި މިއީ ވަރަށް ގިނައިން ދިމާވާ އަދި އެނގިގެންވާ ކަންކަމެވެ. އިލްމުގެ އަހުލުވެރިން މިކަމާއި ވާހަކަ ދައްކަވާ އަދި މިފަދައިން ޖިންނިންނާއި ކައިވެނި ކުރުން، ދަރިންލިބުން މިކަމަކީ އިލްމުގެ އަހުލުވެރިންގެ ތެރެއިން ގިނައިލްމުވެރިން މިކަމާއިމެދު ނުރުހުން ތެރިވާކަމެވެ.”އިޝްގީލޯބީގެގޮތުން އަވަލުން ކުރިމަތިވަނީ އިންސާނާ ޖިންނިދެކެ އިޝްޤީ ލޯބިވުމެވެ. ނުވަތަ ޖިންނި އިންސާނާ ދެކެ އިޝްޤީ ލޯބި ވުމެވެ. އަޅުގަނޑުމެން އިންސާނުން ލޯބިވާމީހާ ބޭނުންވާ ފަދައިންނެވެ.

4- ނޭނގުމުގެ ތެރެއިން ޖިންނިއަކަށް ގޯނާކުރެވުން

އިންސާނުންނާއި ޖިންނީން އަޅައިގަންނަ ނުވަތަ ގޯނާކުރާ އަނެއް ސަބަބަކީ ނޭނގި ނަމަވެސް އެސޮރަށް އަހަރެމެންގެ ސަބަބުން ވެވޭ ގޯނާއެވެ. މިސާލަކަށް މީހަކު ހޫނުފެން އެއްޗެއް އުކާލާއިރު އަޢޫޛު ނުވަތަ ބިސްމި ކިޔުމެއް ނެތި އުކާލެވޭ ވަގުތު އެސޮރުގެ ގަޔަށް ޖެހިގެން ނުވަތަ ވެއްޓޭއިރު އެސޮރުގެ ގައިމައްޗަށް ވެއްޓިގެން ނުވަތަ އެއްލާ އެއްޗަކުން ޖެހުންފަދަ ކަމެއް ވުމުން އެފަދަ ކަމެއްގެ ބަދަލުހިފުމެއްގެ ގޮތުންނެވެ.

5- އެއްވެސް ސަބަބެއް ނެތި އިންސާނާ އަށް ޖިންނި ވެރިވުން

މިފަދައިން ދިމާވަނީ އަންނަނިވި ހަތަރު ޙާލަތުން ޙާލަތެއް މެދުވެރި ވެގެންނެވެ.1) ގަދައަށް ރުޅިއައުން2) ވަރަށް ބޮޑަށް ބިރުގަތުން3) ޝަހްވަތް ތަކަށް ހުށަހެޅުން ، މިސާލަކަށް އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ޒިނޭކުރުން4) ވަރަށް ބޮޑަށް ޣަފްލަތް ތެރިވުން، އެބަހީ މީހާ ﷲގެ މަތިންއަދި އެކަލާނގެ ދީންމަތިން އެކީ އެކަށް ހަނދުމަނެތި ފަރުވާ ކުޑަކުރުން

އެހެން ކަމުން ދީނުގެ މަތީގައި މީހާ އިޚްލާޞްތެރިކަމާއިއެކު ޘާބިތުވެއްޖެ ނަމަ ޖިސްމާނީ ގޮތުން އިންސާނުންގެ މައްޗަށް ޖިންނީންނަށް އަރައި ނުގަނެވޭނެއެވެ. އަދި މިފަދަ ގިނަ ޙާލަތްތަކުގައި އިންސާނުންނާއި ޖިންނީން އަޅައިގަތުމުގެ ފަހަތުގައި މިއޮންނަނީ އިންސާނާގެ ކޮންމެވެސް އުރެދުމެކެވެ.

6- ސިޙްރުގެ ސަބަބުންމިއީ އިންސާނުނާއި ޖިންނީން އަޅައިގަންނަ ނުވަތަ ގޯނާކުރާ ސަބަބުތަކުގެ ތެއިން އެކަމުގައި އިންސާނާގެ މުންކަރާތާއި ކުފުރު އެންމެ ބޮޑު ސަބަބެވެ. އިންސާނުން ޝައިޠާނާ އެދޭގޮތަށް ކުފުރުގެ ޢަމަލުތައް ކޮށް، ޤުރުއާނަށް ބޭއަދަބީ ކަންކަން ކޮށް ޝައިޠާނާގެ ކިބައިން ވާގިއެދި ، ތިމާފަދަ އަނެއް އިންސާނާއަށް ގޯނާކުރުމަށް ފޮނުވައެވެ. އަދި އެސިޙުރު ހެދޭމީހާއަށް ﷲ ގެ އިޛުނަފުޅު އަތުވެއްޖެނަމަ އެސިޙުރު ޖެހި އެޖިންނީގެ އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި ސިޙުރު ޖެހޭ މީހާއަށް އިމްތިޙާނެއްގެ ގޮތުގައި ވެސް ﷲ މިކަން ޖައްސަވަފާނެއެވެ. އަދި ކިއެއްތަ، އެމީހާގެ ޣާފިލުކަމާއި އުރެދުމުގެ ސަބަބުންވެސް އަނެކާ ހަދާ ސިޙުރު ފަސޭހައިން ޖެހެއެވެ.

މިއީ ޢާއްމުގޮތެއްގައި އިންސާނުންނަށް ޖިންނީން ގޯނާ ކުރާ ސަބަބުތަކެވެ. އެހެންކަމުން ދަންނަވަން އޮތީ މިސޮރުމެންގެ އުނދަގޫތަކުން ސަލާމަތްވެ ތިބެން ބޭނުންނަމަ ﷲ ގެ ފޮތާއޮ މާތް ނަބިއްޔާ މުޙައްމަދު ޞައްލާﷲ ޢަލައިހި ވަސައްލަމުގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓާށެވެ. އެއިރުން ހަމަކަށަވަރުންވެސް ޖިންނި ޝައިޠާނުންނަށް އިންސާނުންގެ މައްޗަށް ގަދަނުވެވޭނެއެވެ. އެސޮރު ވަނީ

ބަލިކަށިވެގެންކަން ކަށަވަރެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ ۖ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا ﴿٧٦﴾(سورة النساء 76)إيمان ވި މީހުން اللَّه ގެ މަގުގައި ހަނގުރާމަކުރެތެވެ. އަދި، كافر ވި މީހުން شيطان އާގެ މަގުގައި ހަނގުރާމަކުރެތެވެ. ފަހެ، ތިޔަބައިމީހުން شيطان އާގެ ވާގިވެރިންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، شيطان އާގެ ކެހިވެރިކަންވަނީ ނިކަމެތިވެގެންނެވެ. (އައްނިސާ 76)

މަޢުލޫމާތު ހިމެނޭ މަޞްދަރުތަކުގެ ޢަރަބި(އަޞްލު)މަޞްދަރުތައް: الطرق الحسان في علاج إمراض الجان / فتاوى ذهبية في الرقى الشرعية

އެޑީޓަރުގެ ނޯޓް: މިއީ މައިތިރި.ކޮމްގެ ލިޔުމެއްގެ މައުލޫމާތު ނަގައިފައިވާ ލިޔުމެކެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/