ޣައްޒާ އާރާސްތުކުރަން އަރަބި ލީގުން ނިންމެވި ނިންމެވުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި

މަރްޔަމް މާޙީ

ފޮޓޯ: ރެއުޓާސް
SHARE
ފަލަސްތީނުގް ޣައްޒާ އާރާސްތުކުރަން މިސްރުން އަރަބި ލީގުގައި ހުށައެޅި ހުށައެޅުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓަރު, އަބްދުالله ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާ އާރާސްތުވެގެން ދިއުމާއެކު 1967ގެ ކުރިން ފަލަސްތީނުގެ, އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ވެގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. އަދި މިނިވަން ދައުލަތެއްގެ ގޮތުގައިވުމަށް ލިބޭ ބާރަކަށް މިކަން ވެގެން ދާނެ ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
ޣައްޒާ އާރާސްތު ކުރުމަށް 53 ބިލިއަން ޑޮލަރު ހޭދަކުރަން އަރަބި ލީގުން ނިންމައިފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެންދަން ހުށައެޅުމާ ގުޅިގެންނެވެ.
އަރަބި ލީގުގެ ބައްދަލުވުމުގައި ތިން މަރުހަލާއަކަށް ބަހާލައިގެން 53 ބިލިއަން ޑޮލަރު ހަރަދު ކުރަން ނިންމައިފައިވާއިރު ޓްރަމްޕްގެ ހުށައެޅުމަށް މެދު އިރުމަތީގެ ގިނަ ގައުމުތަކުން ވަނީ ދެކޮޅު ހަދައިފައެވެ.
މީގެއިތުރުން ޣައްޒާގެ ވެރިކަން ހަމާސް އަތުން އަތުލުމަށްފަހު ފަތުހު ޖަމާއަތުގެ ސަރުކާރުގެ ދަށުން ހާއްސަ ކޮމެޓީއަކާ ހަވާލު ކުރަން ވެސް އަރަބި ލީގުގައި ވަނީ މަޝްވަރާކޮށްފައެވެ.
.png&w=3840&q=75)
މިނިސްޓަރު ހަލީލް ވިދާޅުވީ ޣައްޒާ އާރާސްތު ކުރުމުގެ ޕްލޭނުގެ ދަށުން ކުރެވޭ މަސައްކަތަކީ ޣައްޒާ ރައްޔިތުންނަށް އެމީހުން ބޭނުންވާ ފަދަ މިނިވަން ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށް ދިނުމަށް އެޅޭ ވަރަށްް މުހިންމު ފިޔަވަޅެއް ކަމަށެވެ.