logo

ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާ ވަޑައިގެންފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

31 މޭ 2025 - 06:39
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާ ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

SHARE

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަދު ފުރާ ވަޑައިގެންފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައީސް އޮފިހުން މިއަދު ބުނީ މި ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒާއި, އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން ތިއްބަވާނީ ސައުދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގެ ދަށުގައި ކަމަށެވެ.

އެގޮތުން މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި, ފޮރިން މިނިސްޓަރު ޑރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި, ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުން އެވެ.

އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ވެސް ވަނީ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންފައެވެ.

ރައީސްގެ ދެކަނބަލުން ސައުދީ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގައި މިއަދު ސައުދީއަށް ފުރާ ވަޑައިގެންފައިވާއިރު, މިއީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/