logo
World Cup 2026

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ގާނޫނު ތަސްދީގުކޮށްފި؛ ދެން އަގުހެޔޮވާނެ!

ސައިފުﷲ އަލީ

2 ޖުލައި 2026 - 09:34
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ގާނޫނު ތަސްދީގުކޮށްފި؛ ދެން އަގުހެޔޮވާނެ!

SHARE

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 20 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ބިލު މަޖިލީހުން ފާސްކުރީ 2026 ޖުލައި 1 ވަނަ ދުވަހު އެވެ.

މި ބިލު ތަސްދީގުވުމުން ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް އިން ނަގާ ޑިއުޓީއަކީ 4 ރުފިޔާ ކަމުގައި ހަމަޖެހިގެންދާނެ އެވެ. އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ވަނީ ކަނޑައަޅުއްވާފަ އެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެއްވުމާއެކު، މި އިސްލާޙަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. އެއާއެކު ދުންފަތުގެ އުފެއްދުންތައް މިހާރަށްވުރެ ބޮޑުތަނުން އަގުހެޔޮވެގެން ދާނެ އެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނގިރޭޓުގެ ޑިޔުޓީ ބޮޑުކުރުމުން ސިނގިރޭޓު ލިބުން ދަތިވެ އަގުބޮޑުވެ ގިނަބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ. ސިނގިރޭޓު ފޮށްޓެއްގެ އަގު 250 ރުފިޔާއަށް ވުރެ މައްޗަށް އަރައި، މިއީ ވަކި ބަޔަކަށް ފައިދާކުރުމަށް ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިނގިރޭޓުގެ ޑިޔުޓީ ކުޑަކުރުމަށް ރައީސް ރުހިވަޑައިގަންނަވާތޯ ނޫސްވެރިޔަކު ސުވާލުކުރުމުން، ރައީސް ވިދާޅުވީ އެ އިސްލާހު ހުށަހެޅީ ސަރުކާރުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ. އަދި މިއީ ވަށައި ޖެހޭ ސިޔާސަތެއްގެ ދަށުން މުޅި މުޖުތަމައު ދުންފަތާ ދުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d