އަގުބޮޑުކުރިތާ ދޮޅު އަހަރު ތެރޭ ސިނގިރޭޓުގެ އަގުހެޔޮ ކުރަން މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި
މިންހާ އަބްދުالله

މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މަޖިލިސް އިދާރާ
SHARE
2024 ވަނަ އަހަރު ސިނގިރޭޓުން ނަގާ ޑިޔުޓީ ބޮޑުކުރުމަށް ފަހު، އެއިން ނަގާ ޑިޔުޓީ ކުޑަކުރުމަށް ފެންނަ ކަމަށް މުޅި މަޖިލީހުގެ ކޮމެޓީއިން މިއަދު ނިންމައިފި އެވެ.

މުޅި މަޖިލީހުގެ ކޮމެޓީއިން މިއަދު ނިންމާފައިވަނީ ސިނގިރޭޓުން ނަގާ ޑިޔުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަ ކުރުމަށެވެ. ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިނގިރޭޓުގެ ޑިޔުޓީ ކުޑަކުރުމަށް ރައީސް ރުހިވަޑައިގަންނަވާތޯ ނޫސްވެރިޔަކު ސުވާލުކުރުމުން، ރައީސް ވިދާޅުވީ އެ އިސްލާހު ހުށަހެޅީ ސަރުކާރުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ. އަދި މިއީ ވަށައި ޖެހޭ ސިޔާސަތެއްގެ ދަށުން މުޅި މުޖުތަމައު ދުންފަތާ ދުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނގިރޭޓުގެ ޑިޔުޓީ ބޮޑުކުރުމުން ސިނގިރޭޓު ލިބުން ދަތިވެ އަގުބޮޑުވެ ގިނަބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ. ސިނގިރޭޓު ފޮށްޓެއްގެ އަގު 250 ރުފިޔާއަށް ވުރެ މައްޗަށް އަރައި، މިއީ ވަކި ބަޔަކަށް ފައިދާކުރުމަށް ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.
މި ބިލުގައިވާގޮތުން ސިނގިރޭޓަކުން ނަގާ ޑިޔުޓީ 4 ރުފިޔާއަށް ކުޑަވެގެން ދާނެ އެވެ. އަދި ހޫނުކޮށްގެން ބޭނުން ކުރާ ނުވަތަ ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް ކުޑަކޮށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ހިމަނާފައިވެ އެވެ.


.jpg&w=3840&q=75)

