logo
World Cup 2026

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއިތަކެއްދޭން ގާނޫނަށް އިސްލާހު ހުށަހަޅައިފި

މިރާޝް މޫސާ

6 ޖުލައި 2026 - 18:34
ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއިތަކެއްދޭން ގާނޫނަށް އިސްލާހު ހުށަހަޅައިފި

SHARE

ފަންސާސް ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިން ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށާއި، ރާއްޖެއަށް ކުނި އެތެރެކުރުން މުޅިން މަނާކުރުމަށް ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. މި އިސްލާހުގެ އެންމެ މުހިންމު އެއް މަގުސަދަކީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމެވެ. މިހާރު ގާނޫނު އޮތް ގޮތުން ހޯލްސޭލްކޮށް ކޮތަޅު ގަންނަ ވިޔަފާރިވެރިޔާވެސް ކޮތަޅަކުން ދެ ރުފިޔާ ދައުލަތަށް ދައްކަން ޖެހޭއިރު، ފިހާރަތަކުން ވަކިވަކިން ކޮތަޅު ގެންދާ މީހުންވެސް ކޮތަޅަކަށް 2 ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް މި އިސްލާހު ފާސްވެ ގާނޫނަކަށްވުމުން، ހޯލްސޭލްކޮށް ކޮތަޅު ވިއްކާއިރު ރީޓެއިލަރުންގެ އަތުން ހޯލްސޭލަރުން ނަގަމުންދިޔަ ފީ ދެން ނަގާކަށް ނުޖެހޭނެއެވެ.

މީގެ ކުރިންވެސް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނެގުން އިސްތިސްނާވާ ތިން ހާލަތެއް އޮވެއެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ އިތުރުން، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"އެވެ.

މިދިޔަ ސަރުކާރުން ޕްލާސްޓިކް ކޮތަޅުން ޑިއުޓީ ނަގަން ފެށުމުން ފިހާރަތަކުން ވިއްކާ ތަކެތީގެ އަގު ބޮޑުވެ، ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރިއެވެ.

މި ބިލުގައި ހުށަހަޅާފައިވާ ގޮތަށް، ކޮތަޅު ބޮނޑިން ނަގާ ފީ އިސްތިސްނާކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެއެވެ. ބިލުގައި ހިމަނާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި ދައުލަތަށް 2،011،421 ރުފިޔާ ލިބިފައިވެއެވެ. އަދި މިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 5.9 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާއަށް ޝިފާޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުނި ދިވެހިރާއްޖެއަށް އެތެރެކުރުން މުޅިން މަނާވާނެ ކަމަށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން، މިނިސްޓްރީގެ ވަކި ހާއްސަ ހުއްދައެއް ހޯދައިގެން ދިވެހިރާއްޖެއަށް ކުނި އެތެރެކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާ އިސްލާހާއެކު މި ހުއްދަ ދިނުން ހުއްޓުމަކަށް އަންނާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d