logo
World Cup 2026

މީގެ ކުރިން ސްކޫލެއްގައި އޭސީ ހަރުކޮށްފިނަމަ ޕްރިންސިޕަލަށް އަދަބު ލިބޭ: މިނިސްޓަރު

މިންހާ އަބްދުالله

7 ޖުލައި 2026 - 08:42
މީގެ ކުރިން ސްކޫލެއްގައި އޭސީ ހަރުކޮށްފިނަމަ ޕްރިންސިޕަލަށް އަދަބު ލިބޭ: މިނިސްޓަރު

މިނިސްޓަރު ޝަފީއު މިއަދުގެ މަޖިލީހުގެ ޖަލްސާގައި / ފޮޓޯ: މަޖިލިސް އިދާރާ

SHARE

ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތަކީ ދަރިވަރުންނާއި މުދައްރިސުންގެ ހުށަހެޅުމަކަށް ކުރަމުންދާ ކަމެއްކަމަށާއި މީގެ ކުރިން ސްކޫލެއްގައި އޭސީ ހަރުކޮށްފިނަމަ އެ ސްކޫލެއްގެ ޕްރިންސިޕަލަށް އަދަބު ލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ "ކޫލް ސްކޫލް" ޕްރޮޖެކްޓާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސްކޫލުތަކުގައި އޭސީ ހަރުކުރުމަކީ މުޅިން މަނާކަމެއް ކަމަށެވެ. އެހެންކަމުން، މީގެ ކުރިން ސަރުކާރު ސްކޫލެއްގައި އޭސީ ހަރުކޮށްފިނަމަ އެ ސްކޫލެއްގެ ޕްރިންސިޕަލަށް އަދަބު ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓްއަކީ ރައީސް މުއިއްޒު ރަށްތަކަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން މުދައްރިސުންނާއި ދަރިވަރުން ހުށަހެޅި ހުށަހެޅުންތަކަށް ބަލައި ފެށި ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހޫނު ގަދަވުމާއި ކްލާހުގައި ހިތްފަސޭހަ މާހައުލެއް ދަރިވަރުންނަށް ހޯދައިދިނުމަށް މި ޕްރޮޖެކްޓު ކުރިއަށް މިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭސީ ހަރުކުރުމުގެ މަސައްކަތް 217 ސްކޫލެއްގައި ފެށި ކަމަށެވެ. އަދި މިހާތަނަށް 217 ސްކޫލުގެ ތެރެއިން 61 އިންސައްތަ ސްކޫލުގައި މި މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބާކީ ހުރި ސްކޫލުތަކުގައި ކުރިއަށް ދަނީ ސްކޫލުތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހުރިހާ ސްކޫލުތަކަށް އޭސީ ފޮނުވިފައިވީ ނަމަވެސް ބައެއް ސްކޫލުތަކަކީ ވަރަށް ގިނަ ދުވަސްވެފައިވާ ސްކޫލުތަކެއް ކަމަށްވާތީ ގިނަ ދުވަސް ނަގާ ކަމަށް ވިދާޅުވި އެވެ. އެއީ އޭސީތަކަށް ކަރަންޓު ދިނުމުގެ ކުރިން ބައެއް ސްކޫލުތަކުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަން ޖެހޭތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

40 އަހަރު ނުވަތަ އެއަށްވުރެ ގިނަ އަހަރު ވެފައިވާ ސްކޫލުތައް މީގެ ތެރޭގައި ހިމެނޭއިރު މިފަދަ ސްކޫލުތަކުގައި ހުރީ އެންމެ އާދައިގެ ކަރަންޓުގެ ނިޒާމު ކަމަށްވާތީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންނަމަވެސް މިފަދަ ގޮންޖެހުންތަކާއެކު ވެސް މިކަން ވީހާވެސް އަވަހަށް ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް ވީހާވެސް ގިނަ ސްކޫލުތަކެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ނިންމާލުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d