logo
World Cup 2026

ސްކޫލަށް ނުދާ ކުދިންނަށް އަޅައިނުލާ ދޫކޮށް ނުލާނެ، ފިޔަވަޅު އަޅާނެ: ޝަފީއު

އައިޝަތު ހިދާޔާ

7 ޖުލައި 2026 - 05:45
ސްކޫލަށް ނުދާ ކުދިންނަށް އަޅައިނުލާ ދޫކޮށް ނުލާނެ، ފިޔަވަޅު އަޅާނެ: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ މަޖިލިސް

SHARE

ސްކޫލަށް ނުދާ ދަރިވަރުންނަށް އަޅައިނުލާ ދޫކޮށް ނުލާނެ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީން އެފަދަ ކުދިންނާމެދު ފިޔަވަޅު އަޅާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިދުވަސްވަރު 8000އެއްހައި ދަރިވަރުން ގަވާއިދުން ސްކޫލަށް ނުދާކަން ފާހަގަކުރައްވައި މިދިޔަ ހަފުތާގައި މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ.

މިއަދުގެ މަޖިލީހުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ, ސްކޫލަށް ނުދާކުދިން ދެނެގަތުމުގެ މަސައްކަތް ވަރަށް ހަރުކަށިކޮށް, 2013ވަނަ އަހަރު ފެށުނު ޕީޕީއެމްގެ ވެރިކަމުގައި ކުރިކަމަށެވެ. ނަމަވެސް, 2018ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން އޭރު ކުރި މަސައްކަތްތައް ވަރަށް ބޮޑަށް ހީނަރުވިމަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެޓެންޑެންސް ޕޮލިސީއެއް އޮވޭމެ, އެކަމަކު އެޓެންޑެންސް ޕޮލިސީގައި ވާގޮތުން ސްކޫލުތަކުން މިހާކުދިންނެއް ސްކޫލަށް ނާދެއޭ ބުނެ މިނިސްޓްރީއަށް ރިޕޯޓުކުރަން މި ޖެހެނީ," މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުނުވާނަމަ މިނިސްޓްރީއަށް އެކަން ރިޕޯޓުކުރަން ޖެހެނީ ވަކި މުއްދަތެއްގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޖެހިޖެހިގެން ތިން ދުވަހު ސްކޫލަށް ހާޒިރު ނުވެއްޖެނަމަ, ރިޕޯޓުކުރަން ޖެހޭ ކަމަށާއި ސްކޫލަށް ގިނަ ދުވަހު ނާންނަކަމަށް ބަލާނީ 10 ދުވަހު ސްކޫލަށް ނައުމުން ކަމަށް އެޓެންޑެންސް ޕޮލިސީއާ ހަވާލާދީ މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ސްކޫލަށް ނުދާކުދިންގެ މައުލުމާތު އެޑިއުކޭޝަން މިނިސްޓރްީއަށް ލިބެނީ ހަމައެކަނި ސްކޫލުން އެކަން ރިޕޯޓުކުރުމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެކަމަކު މި އަހަރުގެ ޖޫންމަހުގެ ތެރޭގައި އަޅުގަނޑުމެން ކުރިން ކުރި މަސައްކަތަކާ އެކުގައި ސްކޫލުތަކުން މިހާރު މަޖުބޫރުވާނެ ކޮންމެ ދުވަހެއްގެ އެޓެންޑެންސް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވަން. އެ ފޮނުވުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ދެނެގަނެވުނީ ފުދޭވަރަކަށް ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން" އޭނާ ވިދާޅުވިއެވެ.

އެއްވެސް ސަބަބަކާހުރެ ކުއްޖަކު ސްކޫލަށް ނުދިއުމަކީ ވެގެންވާނެކަމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, މިފަދަ މައްސަލަތައް ބަލައި މިނިސްޓްރީން ފިޔަވަޅު އަޅާނެކަމަށެވެ. އަދި މާލޭ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވާ މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލަށް ކުއްޖަކު ނުދާނަމަ އެކަމާ ބެލެނިވެރިންނާއި, ދަރިވަރުންނާއި, މެމްބަރުންނާއި, ރަށުގެ ހުރިހާ ރައްޔިތުން ކަންބޮޑުވާން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސްކޫލަސް ކުއްޖަކު ނުދިއުމަކީ އޭގެ ނޭދެވޭ އަސަރު ގައުމުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓަށް ކުރާނެ ކަމެއް," މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލަށް ނުދާކުދިން ގިނަކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާހަގަކުރެއްވީ, މިދިޔަ އަހަރުގެ ކީސްޓޭޖް ތިނެއްގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓު އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިނިސްޓަރު ވިދާޅުވީ, ސްކޫލަށް ހާޒިރުނުވާ ދަރިވަރުން އެންމެ ގިނައީ މާލޭ ސަރަހައްދުގައި ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d