logo
World Cup 2026

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

މިރާޝް މޫސާ

4 ޖުލައި 2026 - 16:13
ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

SHARE

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ ޝަހީމް އަކީ މިމަޝްރޫގެ މަސްޢޫލުވެރިޔާވެސް މެއެވެ.

ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިއީ 2021 ގައި ފެށި މަޝްރޫޢެއްކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްޖޭޖީ، ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިގައި މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤައި ޢަރަބި މާއްދާއެއް ވެސް ހިމެނޭނެ” ޑރ. ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ތައްޔާރުކުރެވުނު މި ފޮތް ސެޓް، ޑރ. ޝަހީމްގެ ބެލުމުގެ ދަށުން ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެެއްވުމުގައި ޢާބިދާ މިސް ބައިވެލެއްވިއެވެ. ބޭބީ ނާސަރީގެ ޢަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސްއެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ޚަދީޖާ ޢަބްދުﷲ އެވެ.

މި ފޮތްތައް މުރާޖިޢާކުރެވުނީ އެކި މަރުޙަލާތަކުގައި، އެކި މާއްދާތައް އެކި ބޭފުޅުންނެވެ. އޭގެތެރޭގައި އަލްއުސްތާޒު އިމްތިތާއު އައްބާސް، އަލްއުސްތާޒު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ހިމެނެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ ފޮތްތައް މިއަދު ޕަބްލިޝްކުރެވިގެންދާއިރު މިބޮޑު މަޝްރޫޢު ކާމިޔާބު ކުރުމުގައި އެހީތެރިވެވަޑައިގެންނެވި ޝައިޚު މުޙައްމަދު ލަތީފްއާއި، އިދާރީ ގޮތުން އެންމެ ގާތުން އެހީވި މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަނާއި އައިއޯސީސީގެ ކޯފައުންޑަ އަލީ އަޝްވާޤަށް ޚާއްޞަ ޝުކުރެއް ޝަހީމް ދެންނެވިއެވެ.

މި މަޝްރޫޢު އެކުލަވައިލުމުގެ މަޤްސަދަކީ އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުމެވެ. މިއަދު ނެރެފައި ވަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ 49 ފޮތް ނެރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ހުރިހައި ފޮތެއްވެސް ވަނީ ލިޔެ ނިމިފައެވެ. މި މަޝްރޫޢަށް މާލީ އެހީތެރިކަން ދެއްވަން ޝައުޤުވެރިފާ ފަރާތްތަކަށް އެފުރުޞަތު އެބަ އޮތެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓެވެ.

މި ފޮތްތައް އެކުލަވައިލެވިފައިވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d