ކޮރަޕްޝަން ހުއްޓުވަން ރާއްޖެއާއި ފަލަސްތީނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މަރްޔަމް މާޙީ

SHARE
ކޮރަޕްޝަން ހުއްޓުވުމަށް ރާއްޖެއާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025ގެ ތެރެއިން މި ފަހުމުނާމާގައި ސޮއިކޮށްފައިވާއިރު, މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް އެވެ. އަދި ފަލަސްތީނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުުމުގެ ކޮމިޝަންގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނީ މިއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތައް ވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެގޮތުން:-
- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދިނުން،
- މަޢުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން،
- ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން،
- ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން، ފާހަގަކޮށްފައި ވެއެވެ.
.png&w=3840&q=75)