logo

ފްލެޓް މައްސަލާގައި އަކްރަމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

މިރާޝް މޫސާ

3 ޖޫން 2025 - 12:58
ފްލެޓް މައްސަލާގައި އަކްރަމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

އަކްރަމް ކަމާލުއްދީން -- ފޮޓޯ: ދަ ޕްރެެސް

SHARE

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދިނުމުގައި ވަކި ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދީފައިވާ ކަމަށް ތުހުމަތުކޮށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އަކްރަމްގެ އިތުރުން އެ މައްސަލާގައި ދައުވާކުރަން އެދިފައި ވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި ހއ. އިހަވަންދޫ، ނެދުންގެ، މުހައްމަދު އާރިފްއާއި ހަމަ އެ މަގާމުގައި ހުންނެވި މއ. ވިރާޙް، ޟިރުޢާމް ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މއ. އިހާދޫ، އަހްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮންނަ ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް އެ ބޭފުޅުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަހުގީގު ކުރުމުގެ މަސައްކަތް ދެ މުއްއައްސަސާއިން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ ފްލެޓަށް ޝަރުތުހަމަނުވާ ބައެއް މީހުން ފްލެޓް ލިސްޓުގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ނަންތައް އުނިކުރުމަށްފަހު އޭގެބަދަލުގައި ހައްގުވާ މީހުން ލިސްޓަށް އިތުރުކޮށް މިދިޔަ ސަރުކާރުން ނެރުނު ފްލެޓް ލިސްޓާއެއްގޮތަށް ފްލެޓްދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/