logo

މާލޭގައި 15 އަހަރު އުޅުނުކަމަށް ބަލާ މިންގަނޑު ދަށްކޮށް ކުރީގެ ލިސްޓަށް ފްލެޓް ދެނީ

މިރާޝް މޫސާ

29 މޭ 2025 - 14:39
މާލޭގައި 15 އަހަރު އުޅުނުކަމަށް ބަލާ މިންގަނޑު ދަށްކޮށް ކުރީގެ ލިސްޓަށް ފްލެޓް ދެނީ

SHARE

މާލޭގައި 15 އަހަރު އުޅުނުކަން ބަލާ މިންގަނޑު ދަށްކޮށް ކުރީގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލޭގައި 15 އަހަރު އުޅުނުކަން ބަލާ މިންގަނޑު ދަށް ކުރުމުން އެ ލިސްޓުން ފްލެޓް ނުލިބޭނީ ވަރަށް މަދު ބަޔަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު މާލޭގައި 15 އަހަރު އުޅެފައިނުވާކަން ސާފުކޮށް އެނގެން ތިބި މީހުން ޑިސްކޮލިފައިކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ދުވަސްވަރު ވަގުތީގޮތުން ރަށަށް ބަދަލުވި މީހުންނާއި ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުނު މީހުން ބަލާނީ މެދުނުކެނޑި މާލޭގައި 15 އަހަރު އުޅުނު ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުިވިގޮތުގައި ޑިސްކޮލިފައި ކުރެވޭ ކޮންމެ މީހަކަށް ޑިސްކޮލިފައިކުރެވުނު ސަބަބު ބަޔާންކޮށް ލިޔުމެއް ފޮނުވާނެއެވެ. އަދި އެ ލިޔުމުގައިވާ ކަންކަން ނަފީކުރެވޭ ވަރުގެ ހެއްކާއެކު، އެ ލިޔުމަށް ޖަވާބުދާރީވާން ވެސް ފުރުސަތު ދޭނެއެވެ.

ނަމަވެސް ޖަވާބުދާރީވާން ދެވޭ މުއްދަތުގައި އެ ލިޔުމުގައިވާ ކަންކަން ނަފީކުރެވޭނެ ވަރުގެ ހެއްކެއް ދެއްކިފައިނުވާނަމަ އެފަދަ މީހަކަށް ފްލެޓް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

"އަޅުގަނޑުމެންނަށް އެ މީހަކީ 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފަށާފައިވާ މީހެއް ކަން އެނގޭ ނަމަ، އަދި އޭގެ ފަހުން ރާއްޖޭގެ އެއްވެސް ތަނަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަން ސާބިތުކުރެވެން ނެތް ނަމަ، އެ މީހަކު ވެސް ބަލާނީ 15 އަހަރު މާލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ދެން ފައިނަލް ލިސްޓްގެ ގޮތުގައި އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާއެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މުއްތަލިބު ވިދާޅުވިއެވެ.

ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ލިޔުންތައް ބަލައިނުގަންނަން ނިންމި ނިންމުމަށް ސަރުކާރުން ވަނީ ދަމަހައްޓާފައެވެ. ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އެ ރަށެއްގެ މީހަކު މާލޭގައި އުޅުނުކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ރަށު ކައުންސިލްތަށް ނޯންނާނެތީއެވެ.

/

އެކަމަކު މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ލިޔުންތަކުގައި ހުރި ހެކިތަކަށް ބެލުމަށްފަހު ބަލައިގަނެވޭނެ ލިޔުންތައް ބަލައިގަންނަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ މި ނިންމުމުގެ ސަބަބުން ކުރީ ސަރުކާރުން ނެރުނު ފައިނަލް ލިސްޓުން ފްލެޓް ނުލިބޭނީ ވަރަށް މަދު ބަޔަކަށެވެ. އަދި މިކަމުގެ ސަބަބުން ފްލެޓާ ގުޅިގެން ގިނަ ބަޔަކު ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބޭނެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/