
SHARE
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު އަހްމަދު އަވަހާރަވެއްޖެއެވެ.

"ނުކުތާ"އަށް ކަށަވަރުވެފައިވާގޮތުގައި ޝައިޚް ފަރީދު އަވަހާރަވީ ޚިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކު މީގެކުޑަވަގުތުކޮޅެއް ކުރިން މެލޭޝިޔާގެ އެއާޕޯޓަށް ވަޑައިގަތްފަހުންނެވެ.
އެނގިފައިވާގޮތުގައި މެލޭޝިޔާ އެއާޕޯޓްގައި ހުންނަވަނިކޮށް ކުއްލިއަކަށް ޝައިޚް ފަރީދު ވެއްޓުނީއެވެ. ވެއްޓުނުފަހުން ނޭވާލާން ވެސް އުނދަގޫ ކަމަށް ފާހަގަކުރެވުނެވެ.
ރާއްޖޭގައި ދީނީގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ޝެއިޚް ފަރީދު ފެއްޓެވީ ގަތަރުން ކިޔަވާ ވިދާޅުވެގެން ދެހާހުގެ ކުރީކޮޅު ރާއްޖެ ވަޑައިގެންނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އޭނާ އަކީ އެކަމުގައި ސާބިތުކަމާ އެކު ދިމި ހުންނެވި ބޭފުޅެކެވެ.
ޝައިޚް ފަރީދު އޭރު ފެއްޓެވި އެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އޭރުގެ ސަރުކާރުން 2003 ވަނަ އަހަރު އޭނާއަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލް ވެސް ކުރިއެވެ.
.png&w=3840&q=75)