logo

މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

މިރާޝް މޫސާ

5 ޖޫން 2025 - 09:15
މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

SHARE

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ނ. މާފަރު، ހިތްފަސޭހަގެ، މޫސާ ހަސަން،45، ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

އޭނާ އަކީ މަސްތުވާތަކެތީގެމައްސަލައެގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމްމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ. އޭނާ ވަނީ މެންދުރު ނަމާދަށްފަހު ވަޅުލާފައެވެ.

މޫސަ ހަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެކެވެ. އޭނާ މަރުވީ ރޭ މެންދަމުގެ ވަގުތުތެއްގައި އައިޖީއެމްއެޗްގައެވެ.

އޭނާ މަރުވުމުން އެކަން އަންގަންޖެހޭ އެންމެހައި މުއައްސަސާތަކަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/