logo

ތެލަސީމިއާ ސެންޓަރު ބަދަލުކުރާ އިމާރާތް ނިންމަން ސިފައިންނާ ހަވާލުކޮށްފި

މިރާޝް މޫސާ

27 މާރިޗު 2025 - 09:50
ތެލަސީމިއާ ސެންޓަރު ބަދަލުކުރާ އިމާރާތް ނިންމަން ސިފައިންނާ ހަވާލުކޮށްފި

SHARE

ތެލަސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމަށް ހަދަމުންދާ "އޮރެންޖް ހިޔާ" އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ސިފައިންނާ ހަވާލުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

“ރައްޔިތުންނާ އެކު” މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" އިމާރާތުގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީ، ގައުމީ ކަމެއްގެ ގޮތުގައި އެކަން ކުރިއަށްގެންދިޔުމަށް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސިފައިންނާ އެ މަސައްކަތް ހަވާލުކުރީ އެއް މަސް ތެރޭ އެ މަސައްކަތް ނިންމާގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ތެލަސީމިއާ ސެންޓަރުގެ ޚިދުމަތުގެ ފެންވަރު ދަށްވެ، އެކަށީގެންވާ ޚިދުމަތެއް ނުލިބޭތީ ބަލި މީހުންގެ އާއިލާތަކުން ދާދިފަހުން ވަނީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާ ކުރިފަހުން ރައީސް މުއިއްޒު ވަނީ އެތަނަށް ޒިޔާރަތްކުރައްވާ ތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެގޮތުން އެތަނުގެ މުވައްޒަފުންނާއި ބަލި މީހުންގެ އާއިލާތަކާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

ރައީސް އެ އެންގެވުން އެންގެވިތާ އެއް ދުވަސް ފަހުން ވަނީ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ކަމަށް އަހްމަދު މައުސޫމް ހަމަޖައްސަވާފައެވެ. އަދި އިތުރު މުވައްޒަފުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

އޮރެންޖް ހިޔާއިން ތެލަސީމިއާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ޚިދުމަތް ހޯދާފަރާތްތައް އެތަނަށް ދަތުރުކުރުމަށް، އެމްޓީސީސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/