މި އަހަރު ނިމޭއިރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ: ރައީސް
ފާތިމަތު މިޝްކާ

SHARE
މި އަހަރު ނިމެންވާއިރަށް ހުރިހާ އަތޮޅަކުން ވެސް އެސްޓީއޯ ރޭޓްގައި ތެޔޮ ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުން އެކު" ޕޮޑްކާސްޓުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އެ ޕްރޮޖެކްޓް އެސްޓީއޯއާ ހަވާލުކުރެވިގެން، މިހާރު އެ މަސައްކަތް ބާރަށް އެބަދޭ. އަޅުގަނޑު ހަމަ ވައުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭ އިރަށް، ކޮންމެ އަތޮޅެއްގައި އަޅުގަނޑުމެން ކަނޑައެޅި ރަށުގައި އެސްޓީއޯ ރޭޓުގައި އެ އަތޮޅުން ތެޔޮ ލިބޭނެ
އެމަނިކުފާނު ވިދާޅުވީ ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭތްގައި ތެޔޮވިއްކަން ފެށުމުން ވާދަވެރި މާކެޓެއް އުފެދި، ބޮޑު އަގުގައި ތެޔޮ ވިއްކާ މީހުންނަށް ވެސް އަގު ކުޑަކުރަން މަޖުބޫރުވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ ބައެއް ކަންކަމަށް ވެސް އަލިއަޅުވައިލެއްވިއެވެ. އެގޮތުން އައިސް ލިބުމުގައި ދިމާވާ ދަތިކަން ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މަސް ދޯނީގައި އާރުއެސްޑަބްލިއު ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ލޯނު ދޫކުރަން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
.png&w=3840&q=75)
ރައީސް ވިދާޅުވީ މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ގާބިލުކަން، މިހާރު ހުރި 9500 ޓަނުން އިތުރުކުރުމަށް ފަށާފައިވާ މަޝްރޫއު، ބާރު ދުވެލީގައި ނިމި، 25،000 ޓަނާ ހަމައަށް އިތުރުކުރެވޭނެ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ޕްރޮސެސިން ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.