މަސްޖިދުއްނަބަވީގެ އިމާމް ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

މަރްޔަމް މާޙީ

SHARE
މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހް ޑރ. ސަލާހުލްބުދައިރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާލުވީ މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށާއި, ކުރިން ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަަށް މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލް ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ރާއްޖެ ވަޑައިގަންނަވާ އިމާމެކެވެ. ޑރ. ސަލާހުލްބުދައިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ސައުދީ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިހާމްގެ ޒިޔާރަތެއް ކުރުމަށް ހަމަޖެހިފައިވާއިރު, ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ސަލްމާން މިސްކިތަށާއި, އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވައި ދީނީ ދަރުސެއް ވެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
.png&w=3840&q=75)