އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތްކުރާ ބިދޭސީންގެ މެދުގައި ބޮޑު މާރާމާރީއެއް

ޢާލިމް އަބްދުއްލަތީފް

ހުޅުމާލެ ހޮސްޕިޓަލްގެ އިމާރާތް.-- ފޮޓޯ: މިހާރު
SHARE
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ބޯފަޅައިގެން ދިޔުމާއި އަތްބިންދައިގެން ދިޔުންފަދަ ޒަޚަމްތައް ހިމެނެއެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ އަނިޔާ ލިބުނު 10 ވަރަކަށް އެ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
"އެކި ވަރުގެ އަނިޔާތައް އެ މީހުންނަށް ލިބިފައި ވަނީ. އެ މީހުންގެ ޓެސްޓްތައް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދަނީ. ބައެއް މީހުން ފަރުވާއަށްފަހު ވަނީ ދޫކޮށްލާފައި،" އޮފިޝަލް ވިދާޅުވިއެވެ.
.png&w=3840&q=75)
ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންނާ ބެހޭ މައުލޫމާތެއް އަދި ނުލިބެއެވެ.
މާރާމާރީ ހިންގާފައި ވަނީ މަސައްކަތު ސައިޓުގައި މަސައްކަތް ކުރި ޗައިނާ، ބަންގްލަދޭޝް އަދި އަރަބި ބަޔަކާ ދެމެދެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.