logo

ހުއްދަ ނަގަންޖެހޭނީ ގޮނޑި މޭޒު ބަހައްޓާނަމަ އެކަނި: އެޗްޑީސީ

މިރާޝް މޫސާ

6 އޭޕްރީލު 2025 - 00:27
ހުއްދަ ނަގަންޖެހޭނީ ގޮނޑި މޭޒު ބަހައްޓާނަމަ އެކަނި: އެޗްޑީސީ

ހުޅުމާލެ ސެންޓްރަލް ޕާކް --- ފޮޓޯ: އަވަސް

SHARE

ހުޅުމާލެ ސެންޓްރަލް ޕާކާއި ބީޗު ފަދަ ސަރަހައްދުތަކުގައި ޕިކްނިކް ހެދުމަށް އެޗްޑީސީގެ ހުއްދަ ނަގަން ޖެހެނީ ގޮނޑިމޭޒު ބަަހައްޓާނަމަ އެކަނި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ދުރާލައި ހުއްދަ ނުނަގައި ސެންޓްރަލް ޕާކް ބޭނުންނުކުރެވޭނެ ކަމަށް އެޗްޑީސީގެ އޮފިޝަލުންތަކެއް އެންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ އެ ކުންފުންޏާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީގެ މާކެޓިން އެންޑް ޕީއާރު ޑިޕާޓްމަންޓްގެ ހެޑް ހަސަން ޝަހީދު "ނުކުތާ"އަށް ވިދާޅުވީ ސެންޓްރަލް ޕާކްގައި ގޮނޑި މޭޒު ބަހައްޓާނަމަ ހުއްދަ ނަގަންޖެހޭގޮތަށް ނިންމީ ސާފުތާހިރުކަން ބެލެހެއްޓުމުގެ ގޮތުން ކަމަށެވެ.

ޝަހީދު ވިދާޅުވީ އެ ކުންފުނިން ކަނޑައަޅާފައިވާ އާންމު ތަންތަން ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމުގެ ގައިޑްލައިންގައިވާގޮތުން އާންމު ތަންތަނުގައި ޕަބްލިކް ޕިކްނިކް ހެދުމަކީ ހުއްދަ ކަމެއް ކަމަށެވެ. އެފަދަ ކަންކަން ކުރާއިރު، ހަމައެކަނި ހުއްދަ ނަގަންޖެހޭނީ ގޮނޑި މޭޒު ބަހައްޓާނަމަ އެކަނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

undefinedހުޅުމާލެ މަގަކަށް ކުނި އަޅާފައި

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

"އެ ތަންތަނުގައި ގޮނޑި މޭޒު ނުބަހައްޓަންޏާ، ނޫނީ ފޮޓޯބެކްޑްރޮޕް ފަދަ އެއްޗެއް ނުބަހައްޓަންޏާ، ހަމަ ކޮންމެ ބަޔަކަށް ވެސް ޕިކްނިކް ހެދުމަށާއި އާއިލާއާއި ރައްޓެހިންގެ އެއްވުންތައް ހުއްދަ ހޯދުމަކާ ނުލާ ބޭއްވޭނެ،" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ހުޅުމާލެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ ކަންކަން އެ ކުންފުނިން ކުރާނެ ކަމަށެވެ. އެހެންކަމުން ޕާކުތަކާއި ބީޗުތައް ހަޑިވާނެ ގޮތަށް އަމަލުކުރާނަމަ، އަންގަންޖެހޭ ކަންކަން އެންގުމަކީ އެ ކުންފުނީގެ މުވައްޒަފުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ މުވައްޒަފުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ބައެއް ފަހަރު ކަންކަން ސާފުކުރުމަށާއި ބައެއް ކަންކަމުގެ އިރުޝާދު ދިނުމަށް އާންމުންގެ ގާތަށް ގޮސްދާނެ. އެއީ ތަނުގެ ސާފުތާހިރުކަމަށާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތެއް،" ޝަހީދު ވިދާޅުވިއެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/