އެޗްޑީސީގެ ބޯޑު މެންބަރުކަމުން މުހައްމަދު ވަހީދު ވަކިކޮށްފި

މަރްޔަމް މާޙީ

SHARE
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުކަމުން މުހައްމަދު ވަހީދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ބުނީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއިން ބުނެފައެއް ނުވެއެވެ.
"ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ އަލްފާޟިލް މުހައްމަދު ވަހީދު މިއަދު އެ މަގާމުން ވަނީ ވަކިކޮށްފައެވެ," ޕީސީބީން ކުރި ޕޯސްޓުގައި ވެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހު ބިންވެރިޔާ ސްކީމުގެ ދަށުން ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެއްގައި އެޗްޑީސީގެ ބޯޑު މެންބަރުން ވަނީ ސަސްޕެންޑުކޮށް، ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ. ނަމަވެސް އެމީހުންގެ ސަސްޕެންޝަން ހަތަރު ދުވަސް ފަހުން އުވާލައިފައިވާއިރު, ޕާސްޕޯޓު ވެސް ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި ދޫކޮށްލާފައެވެ.
.png&w=3840&q=75)