logo

ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި ހުޅުމާލެ ފޭސް ދޭއްގައި ހަތް ވަނަ މިސްކިތެއް އަޅަނީ

މިރާޝް މޫސާ

16 އޭޕްރީލު 2025 - 21:50
ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި ހުޅުމާލެ ފޭސް ދޭއްގައި ހަތް ވަނަ މިސްކިތެއް އަޅަނީ

SHARE

ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އެޅުމަށް ބޭނުންވާ ބިން އެޗްޑީސީން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ހަތް ވަނަ މިސްކިތެވެ. އިސްލާމިކް މިނިސްޓްރީން ބުނީ 3000 މީހުންގެ ޖާގައިގެ މި މިސްކިތުގެ ކޮންޓްރެކްޓަރު ހަމަޖެއްސުމުގެ މަސައްކަތް ކުރާނީވެސް ޚަރަދުކުރާ ފަރާތުންކަމަށެވެ.

View post on Twitter

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ހުޅުވި މިސްކިތަކީ މަސްޖިދު އަމީލް ޖަލީލެވެ. ދެވަނަ އަށް ހުޅުވީ މަސްޖިދު ހަސަން އާދަމެވެ.

މިހާތަނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަސް މިސްކިތެއް އިމާރާތްކުރަން އެކި ކުންފުނިތަކާ ހަވާލުކުރެވިފައިވެއެވެ. ފެޑޯ ކުންފުންޏާ ހަވާލުކޮށްގެން އެމްޕީއެލް ފްލެޓްތައް ކައިރީ އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ބެޗް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ވިނަރެސް ފްލެޓްތަކެއްގެ ކައިރީ އިމާރާތްކުރާ މިސްކިތް ވެސް ނިމޭނީ އަންނަ އަހަރުގެ މާޗް މަހަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އަމިއްލަ ފަރާތެއް ކަމަށްވާ އަހްމަދު ސަލީމާއި ހަފީޒާ އަހްމަދު ބިނާކުރާ މިސްކިތުގެ ފިނިޝިން މަސައްކަތް މިހާރު ކުރިއަށްއެބަދެއެވެ. އެ މިސްކިތް އަންނަ މާޗް މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަން ފްރޮންޓުން އިމާރާތްކުރާ މިސްކިތް ވެސް ނިމޭނީ އަންނަ އަހަރުގެ މާޗް މަހަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދެން އިމާރާތް ކުރާ މިސްކިތަކީ އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތް ކުރާ މިސްކިތެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގެ ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތަކާއެކު 10 ބުރީގެ އިމާރާތެއް އަޅަން ހަވާލުކުރި އެގްރީމެންޓް މިދިޔަ ސަރުކާރުން ބާތިލް ކުރިފަހުން ހެދި އެއްބަސްވުމެއްގެ ދަށުން އިމާރާތްކުރާ މިސްކިތެކެވެ.

/

އެ މިސްކިތް އެސްޖޭއިން އަޅައިދެނީ ޔާމީންގެ ސަރުކާރުން އިކުއިޑިޓީގެ ގޮތުގައި އެ ކުންފުންޏަށް ދިން 30 މިލިއަން ރުފިޔާގެ ބަދަލުގައެވެ. ސަލާހުއްދީން ސްކޫލް ކައިރީ އިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އަލަށް އަޅަން ނިންމާފައިވާ މިސްކިތަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ހަތް ވަނަ މިސްކިތެވެ. އެސްޖޭ ކުންފުނިން އިމާރާތް ކުރާ މިސްކިތް ފިޔަވައި އެހެން ހުރިހާ މިސްކިތްތައް ބިނާކޮށްދެނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީގައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/