logo

މޮރޮކޯގައި ބާއްވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

17 އޭޕްރީލު 2025 - 07:17
މޮރޮކޯގައި ބާއްވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

SHARE

މޮރޮކޯގައި ބާއްވާ އިންޓަނޭޝަނަލް ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އިސްލާމިކް މިނިސްްޓްރީން ބުނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރަސްމީކޮށް ރާއްޖެއަށް ލިބިފައިވާ ކަމަށާއި, މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާކަމާށެެވެ.

އެގޮތުން މި މުބާރާތަށް ހޮވާނީ 2 ކެޓެގަރީއަކުން, ކޮންމެ ކެޓެގަރީއަކުން 1 ބައިވެރިއެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުތުތައް:

  1. ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.
  2. ދިވެހި ރައްޔިތަކަށްވުން.
  3. ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން.
  4. ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.
https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

"އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެ," މިނިސްޓްރީން ބުނެފައިވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/