ސޭފް ހޯމް އަޅަން 31 މިލިއަނަށް ހުޅުމާލެއިން ބިމެއް ގަނެފި
ފާތިމަތު މިޝްކާ

ހުޅުމާލޭ ދެވަނަ ފިޔަވަހި: --- ފޮޓޯ: އެޗްޑީސީ
SHARE
ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން "ސޭފް ހޯމް" ފެސިލިޓީއެއް އެޅުމަށް ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.

"ސޭފް ހޯމް" އަޅަނީ 2022 ވަނަ އަހަރު ރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ ފައިސާގެ އެހީގައެވެ.
އެޗްޑީސީން އެ ބިން ވިއްކާފައި ވަނީ ޖެންޑާ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ ބިން އެޗްޑީސީއަށް ވިއްކުމުގެ މުއާމަލާތް ޝަރީއަތުން ނިންމުމަށް ހުށަހެޅީ އެޗްޑީސީންނެވެ. ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1) ގެ ބިން ގަތުމަށް 31.5 މިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކާފައިވާތީ، މިހާރު އެ ބިމުގެ މިލްކުވެރި ފަރާތަކީ ފިނޭންސް މިނިސްޓްރީ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވެއެވެ.
ސޭފް ހޯމް އަޅަން ގަތީ 10،000 އަކަފޫޓުގެ ބިމެކެވެ.
.png&w=3840&q=75)
ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ރ. އުނގޫފާރުގައި ވެސް ސޭފް ހޯމް އެޅުމަށް މިދިޔަ ސަރުކާރުން ނިންމިއެވެ.