ސައުދީ ފަންޑުން ނެގި ލޯނުގެ އެހީގައި 400 ފްލެޓު އެޅުމުގެ މަޝްރޫއު ފަށައިފި

މަރްޔަމް މާޙީ

ފޮޓޯ: ފިނޭންސް މިނިސްޓްރީ
SHARE
ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓު(ސައުދީ ފަންޑު)ގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ފްލެޓު އެޅުމުގެ މަޝްރޫއު މިއަދު ފަށައިފިއެވެ.

މި މަޝްރޫއު ފައްޓަވައި ދެއްވީ ހުޅުމާލެ ދޭއް ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.
ސައުދީ ފަންޑުން ލިބިފައިވަނީ 25 މިލިއަން ޑޮލަރު ގެ ލޯނެކެވެ. އެއީ 385 މިލިއަން ދިވެހި ރުފިޔާ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މިއީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ މި އަހަަރުގެ ފަހު ކޮޅުގައި މި މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި, މިހާރު މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓެންސީ ފާމެއް ހޮވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
.png&w=3840&q=75)