logo

ވީއައިއޭ ތަރައްގީ ކުރަން ސައުދީ ފަންޑުން 17 މިލިއަން ޑޮލަރު

މަރްޔަމް މާޙީ

މަރްޔަމް މާޙީ

14 އޭޕްރީލު 2025 - 08:02
ވީއައިއޭ ތަރައްގީ ކުރަން ސައުދީ ފަންޑުން 17 މިލިއަން ޑޮލަރު

SHARE

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ސައުދީ ފަންޑުން ދޭ ލޯންގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓާއިއެކު ސޮއިކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފައިވާއިރު ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭސް މިނިސްޓާ މޫސާ ޒަމީރެވެ. އަދި، ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހްމާން އަލްމުރްޝިދެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އެކްސްޕޭންޑު ކުރުމަށް ހިންގާ މި ޕްރޮޖެކްޓަށް އިތުރު އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ 63،750،000.00 (ފަސް ދޮޅަސް ތިން މިލިއަން ހަތް ސަތޭކަފަންސާސް ހާސް) ސައުދީ ރިޔާލްއެވެ. އެއީ 17 މިލިއަން ޑޮލަރު ނުވަތަ 262 މިލިއަން ރުފިޔާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓް ނިމުމާއިއެކު، ރާއްޖެއަށް އިގްތިސާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ ގިނަ ސިނާއަތްތަކަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަން ވެސް ފާހަގަ ކުރެއްވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/