ސައުދީ ފަަންޑުގެ ސީއީއޯ އަށް ނިޝާން މުލީގެ އިއްޒަތް އަރުވައިފި

މަރްޔަމް މާޙީ

SHARE
ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (ސައުދީ ފަންޑު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދަށް ނިޝާން މުލީގެ އިއްޒަތް މިއަދު އަރުވައިފިއެވެ.

ސައުދީ ފަންޑުގެ ސީއީއޯއަށް މި އިއްޒަތް އެރުވީ އެކަމަށް ޓަކައި ހާއްސަކޮށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މުލީގޭ ޝަރަފުގެ އިއްޒަތް އަރުވާފައިވަނީ ސައުދީ ފަންޑުން ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނިޝާން މުލީގެ އިއްޒަތަކީ ދިވެހި ދައުލަތުގެ ތިން ވަނަ އަށް އެންމެ ޝަރަފުވެރި އިއްޒަތެވެ. މި އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.