logo

އިމާރާތްތަކުގައި ނަމާދުކުރާނެ ޖާގަ އެއް ހުރުން ލާޒިމް ކުރަން ގަވައިދު އިސްލާހުކުރަނީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

16 އޭޕްރީލު 2025 - 10:07
އިމާރާތްތަކުގައި ނަމާދުކުރާނެ ޖާގަ އެއް ހުރުން ލާޒިމް ކުރަން ގަވައިދު އިސްލާހުކުރަނީ

ފޮޓޯ: ވިކިޕީޑިއާ

SHARE

ހުޅުމާލޭގައި ބިނާކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިކަމާ ގުޅިގެން އެޗްޑީސީން މިއަދު އާންމުކުރި ވީޑިއޯ އެއްގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ކޮމާޝަލް އޭރިއާތަކާއި މީހުން ދިރިއުޅޭ ތަންތާނގައި ވެސް ނަމާދު ކުރާނެ ކޮޓަރި އެއް ފަހިކޮށް ދިނުމަށް ޓަކައި އެޗްޑީސީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެހެން އިސްލާމީ ގައުމުތަކުގައި ވެސް މިފަދަ ނަމާދުކުރާ ޖާގަތައް ބިލްްޑިން ތަކުގައި ހަދާފައި ހުންނަ ކަމަށެވެ. އަދި މިފަދަ ތަނެއް ހުރުމަކީ އާންމުންނަށް ވަރަށް ބޭނުންތެރި ކަމެއް ކަން ފާހަގަ ކުރެއްވިއެވެ.

"ކޮންމެ ބިލްޑިން އެއްގެ ކައިރީގައި މިސްކިތެއް ނުހުރޭ. އެހެން ވުމުގެ ސަބަބުން މީހުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވޭ," މިނިސްޓަރު ވިދާޅުވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/