logo

އަނެއްކާވެސް މުޑުދާރު ކެފޭއެއް ފެނިއްޖެ، 11 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ފާތިމަތު މިޝްކާ

4 އޭޕްރީލު 2025 - 19:29
އަނެއްކާވެސް މުޑުދާރު ކެފޭއެއް ފެނިއްޖެ، 11 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

SHARE

މާލޭގައި ވަރަށް މުޑުދާރުކޮށް ހިންގަމުން އައި ކެފޭއެއް ބަލައިފާސްކޮށް 11 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އިމިގްރޭޝަނުން ރޭ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގެ ވީޑިއޯ އެކްސްގައި މިހާރު ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އެ ކެފޭގެ ބަދިގެ އޮތީ ވަރަށް މުޑުދާރުކޮށެވެ. އެ ބަދިގެ ހުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ސާފުތާހިރު ކަމުގެ މިންގަނޑާ ކަނޑައެޅިގެން ޚިލާފަށެވެ.

View post on Twitter

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މީގެކުރިން ވެސް އިމިގްރޭޝަނުން ވަނީ މިފަދަ ތަންތަން ބަލައިފާސްކޮށް ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުން އަލަށް ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 5000އަށްވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްލާފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުން އެނގޭގޮތުގައި ރާއްޖޭގައި ޖުމްލަ 132،371 ބިދޭސީން އެބަތިއްބެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/