ޕެސިފިކް ކަނޑު ހުރަސްކޮށް އައި ކްރޫސްލައިނާ އަކަށް އިމިގްރޭޝަނުން ކްލިއަރެންސްދީފި

މަރްޔަމް މާޙީ
6 އޭޕްރީލު 2025 - 13:49

SHARE
ޕެސިފިކް ކަނޑު ހުރަސްކޮށް ރާއްޖެ އައި ކްރޫސްލައިނަރަކުން 2800 މީހުންނަށް އިމިގްރޭޝަނުން ކްލިއަރެންސްދީފިއެވެ.

މިއީ މިހާތަނަށް އެންމެ ދިގު ދަތުރެއް ކުރުމަށްފަހު ރާއްޖެއައި ކުރޫޒް ލައިނާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެން "އެމްއެސްސީ މެގްނިފިކާ"ނަމަކަށްކިޔާ ކޫރުޒް ލައިނާ ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ކްރޫޒް ލައިނާ އިން ދަތުރުކުރީ 2،818 މީހުންނެވެ. އެއީ 1،866 ފަސިންޖަރުންނާއި 952 ކްރޫއިންނެވެ. ދަތުރުކުރި އެންމެނަށް ވެސް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.
.png&w=3840&q=75)