logo

އިމިގްރޭޝަނުން އެދުނީ އެހެން ގައުމެއްގެ ޕާސްޕޯޓު އޮތް ނަމަ އިޒުރޭލު މީހުންނަށް އެތެރެ ވެވޭ ގޮތަށް ހެދުމަށް

މަރްޔަމް މާޙީ

މަރްޔަމް މާޙީ

14 އޭޕްރީލު 2025 - 07:27
އިމިގްރޭޝަނުން އެދުނީ އެހެން ގައުމެއްގެ ޕާސްޕޯޓު އޮތް ނަމަ އިޒުރޭލު މީހުންނަށް އެތެރެ ވެވޭ ގޮތަށް ހެދުމަށް

SHARE

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހުއްޓުމެއްނެތި ހިންގާ ގަތުލުއާންމާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން, އިޒްރޭލު މީހުންގެ ތެރެއިން އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އިޒުރޭލު ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާ ނުކުރަން އިމިގްރޭޝަނުން މަޖިލީހަށް ހުށައަޅައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އިމިގްރޭޝަނުން ބުނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލް މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާކުރުމަށް އިސްލާހުގައި އޮތް ކަމަށާއި, ނަމަވެސް އެއީ ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ އެ މީހަކު ރާއްޖެ އެތެރެވުމަށް ޓަކައި އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓަށް ކަމަށް ވާތީ ކަން އިމިގްރޭޝަނުން ފާހަގަކުރެއްވިއެވެ. އަދި ޑުއަލް ސިޓިޒަންޝިޕް ލިބިފައިވާ ނުވަތަ އެހެން ގައުމެއްގެ ޕާސްޕޯޓު އޮތް މީހެއްކަން އިމިގްރޭޝަނަށް ކަށަވަރު ކުރެވޭނެ އިންތިޒާމެއް ނެތް ކަން ވެސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އިޒުރޭލު ޕާސްޕޯޓުގައި އަންނަ މީހުން އެކަނި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަނުން ވަނީ މަޖިލީހުގައި އެދިފައެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށައެޅުއްވީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހަކަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/