
ރައީސް ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވަނީ
SHARE
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ގިނަ ދުވަހު މަޖިލީހުގައި ބޭއްވުމަށްފަހު އެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު އެވެ. ބިލު ފާސްކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަދަލުތަކެއް ގެނައުމަށް ފަހުއެވެ.
ބިލަށް ގެނެސްފައިވާ އެންމެ ބޮޑު އިސްލާހަކީ، ކުރިން ބިލުގައި އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމެވެ. މިހާރު ބިލު އިސްލާހުކޮށްފައިވާ ގޮތުން، ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަނި ރާއްޖެ އެތެރެވުން މަނާވާނެއެވެ.
މި ބަދަލާއެކު، އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް، އެހެން ޤައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މަޖިލީހުގެ ތަޅުމުން މި ބިލް ފާސްކޮށްފައިވަނީ އިއްތިފާގުންނެވެ. މި ބިލު ށް ފާސްކޮށްފައިވަނީ، މި މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
.png&w=3840&q=75)