ހަމަލާތައް ހުއްޓާލަންދެން އިސްރާއީލްގެ ޕާސްޕޯޓް މަނާކުރަން ކޮމިޓީން ފާސްކޮށްފި
ސައިފުﷲ އަލީ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
SHARE
އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަންދެން އިސްރާއީލްގެ ޕާސްޕޯޓްގައި ރާއްޖެ ނާދެވޭގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅުއްވި މި ބިލު، ދިގު މުއްދަތަކަށް ކޮމިޓީ މަރުހަލާގައި ހުއްޓިފައި އޮތުމަށްފަހު، މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އެ ބިލަށް ބަދަލުތަކެއް ގެނެސް ފާސްކޮށްފައެވެ.
ބިލަށް ގެނެސްފައިވާ އެންމެ ބޮޑު އިސްލާހަކީ، ކުރިން ބިލުގައި އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމެވެ. މިހާރު ބިލު އިސްލާހުކޮށްފައިވާ ގޮތުން، ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަނި ރާއްޖެ އެތެރެވުން މަނާވާނެއެވެ.
މި ބަދަލާއެކު، އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް، އެހެން ޤައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސަރުކާރު ޕާޓީ ޕީއެންސީގެ މެޖޯރިޓީ އޮންނަ 241 ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ އިއްތިފާގުންނެވެ. މި ބިލު މިހާ ބޮޑަށް އިސްލާހުކޮށް ފާސްކޮށްފައިވަނީ، މި މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
.png&w=3840&q=75)
މި ބިލު ދެން ހުށަހެޅޭނީ މަޖިލީހުގެ ޖަލްސާއަކަށް ކަމަށްވާއިރު، މަޖިލީހުން ފާސްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރުމަށް ފޮނުވާނެއެވެ.