logo

އޭސީސީގެ ރައީސް ޝާމިލްގެ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި

ސައިފުﷲ އަލީ

6 އޭޕްރީލު 2025 - 12:59
އޭސީސީގެ ރައީސް ޝާމިލްގެ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި

އޭސީސީގެ ރައީސް އާދަމް ޝާމިލް -- ފޮޓޯ: ދިޔަރެސް

SHARE

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އަޒްމިރަލްދާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ތަހުގީގުކުރަން ނުފަށަނީސް އެފަދަ މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށް ބުނެ ސިޓީއަކުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޝާމިލް އަންގާފައިވާ ކަމަށް ތުހުމަތުކުރެވެތީ ކަމަށެވެ.

މީގެއިތުރުން އަޒްމިރަލްދާއަށް ޝާމިލް ނުފޫޒުފޯރުވި ކަމަށް ތުހުމަތުކޮށް ވެސް ފުލުސް އޮފީހަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ޝާމިލްގެ މައްސަލައެއް މީގެކުރިން އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅުއްވާފައެވެ.

އަޒްމިރަލްދާއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންނަނީ ތިން މައްސަލައެއް ބަލަމުންނެވެ. ފުރަތަމަ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒުފޯރުވި ކަމަށް ތުހުމަތުކޮށް ބަލާ މައްސަލައެކެވެ. ދެވަނަ މައްސަލައަކީ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފާ ދިމާލަށް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެވިއިރު، އެތަނުގައި ހާޒިރުވެ އިންކަމަަށް ބުނާ މައްސަލައެކެވެ. ތިން ވަނަ މައްސަލަ އަކީ އަޒްމިރަލްދާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ނޫސް ބަޔާންތައް ނެރޭ މައްސަލައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެ ތިން މައްސަލައިގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ރިޕޯޓަށް އަޒްމިރަލްދާ މިއަދު ވަނީ ލިޔުމުން ޖަވާބުދާރީވެވަޑައިގެންފައެވެ.

އަޒްމިރަލްދާގެ ޖަވާބުގައި އެ މައްސަލަ ބަލަން ނިންމީ ކޮމިޝަނުގެ އިޖުރާއަތާ ޚިލާފަށް ކަމަށް ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިޔައީ ގާނޫނުއަސާސީއާ ޚިލާފަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ މައްސަލައަށް ޖަވާބުދާރީވުމާއި ދިފާއުވުމުގެ ހައްގަށް އެ ކޮމިޝަނުން ހުރަސްއެޅި ކަމަށް ވެސް އަޒްމިރަލްދާގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ.

އެ މައްސަލަ ބެލުމަށް ބާއްވާ ބައްދަލުވުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން އަޒްމިރަލްދާ އެ ކޮމިޝަނުގައި އެދިވަޑައިގަތެވެ. ނަމަވެސް ކޮމިޝަނުން ނިންމީ އާންމު މަސްލަހަތަށް ގެއްލުންވެދާނެތީ، އެ މައްސަަލަ ސިއްރު ކުރުމަށެވެ. އަޒްމިރަލްދާގެ ޖަވާބުގައި ފާހަކަުރެއްވި ގޮތުގައި އެއީ ގާނޫނީ ހަމައެއް ނެތި ނިންމާފައިވާ ނިންމުމެކެވެ.

/

ކޮމިޝަނުގެ ރިޕޯޓްގައި ހަގީގަތާ ޚިލާފު ކަންތައްތަކެއް ހިމެނިފައިވާކަމަށް ވެސް އަޒްމިރަލްދާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެއީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ވެސް އަޒްމިރަލްދާ ފާހަގަކުރެއްވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/