logo

ޒަކިއްޔާ އަމިއްލައަށް މަރުވި ކަމަށް ހާމަވާ އޮޓޮޕްސީއެއް އޮތް ކަމުގެ އަޑުތަކެއް، ފުލުހުންގެ ބަހެއް ނެތް!

ފާތިމަތު މިޝްކާ

8 އޭޕްރީލު 2025 - 09:57
ޒަކިއްޔާ އަމިއްލައަށް މަރުވި ކަމަށް ހާމަވާ އޮޓޮޕްސީއެއް އޮތް ކަމުގެ އަޑުތަކެއް، ފުލުހުންގެ ބަހެއް ނެތް!

SHARE

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ ވާޗުއަލް އޮޓޮޕްސީއެއް ހެދިކަމާއި އެ އޮޓަޕްސީ ރިޕޯޓުން ދައްކާގޮތުގައި އޭނާ މަރުވީ އަމިއްލައަށް ކަމަށް ބުނާ ވާހަކަތަކެއް ފެތުރެން ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުގައި މިފަދަ ވާހަކަތަކެއް ފެތުރުނަސް މިކަމާ ގުޅޭގޮތުން ފުލުހުން ވަކިއެއްޗެއް އަދި ނުބުނެއެވެ. ނޫސްވެރިން މިކަމާ ގުޅޭގޮތުން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ވެސް އެއްވެސް ޖަވާބެއް ފުލުހުން ނުދެއެވެ.

އަޑުފެތުރިފައި ވަނީ ފުލުހުން އެ އޮޓަޕްސީ ހެއްދީ އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވައި ކަމަށެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ހޮޅުދޫގައި ވަނީ ސިލްސިލާ މުޒާހަރާތަކެއްކޮށްފައެވެ.

މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ހޯމް މިނިސްޓަރު އަލީ އިހްސާން އެ ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެ ބައްދަލުވުމުގައި ސީޕީ ޝުޖާއު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ އިތުރު މައުލޫމާތު ދިނުމަށް އަނެއްކާވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ނޫސްވެރިންގެ ބައްދަލުުވުން ބާއްވާނެ ވަކި ދުވަހެއް ވިދާޅެއްނުވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަހުގީގުގައި އިސްކޮށް އުޅުއްވި ފުލުސް އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ ޒަކިއްޔާއަށް ލިބިފައިވާ ޒަޚަމްތަކަކީ އެހެން މީހެއްގެ ހަމަލާއަކުން މެދުވެރިވެފައިވާ ކަމެއްކަން އެނގޭ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

ސާމިހު ވިދާޅުވީ ހާދިސާ ރިޕޯޓުކުރިތާ ކުޑަ ވަގުތުކޮޅެއްގެތެރޭ ފުލުހުން އެ ތަނަށް ގޮސް، ސީން ރައްކާތެރިކޮށްފައިވާ ކަމަށެވެ. އަދި، ހެކި ނައްތާލުމުގެ ފުރުސަތެއް ނުވަތަ އެފަދަ މާހައުލެއް ވެސް އެ ތަނުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެ ދުވަހު އެ މަންޒަރު ފެނުނު މީހުން ބުނާ ގޮތުގައި އެ ތަނުގައި ޓޭޕު ދަމާ، ސީން ރައްކާތެރި ކުރެވުނީ، އެ ދުވަހު ހަވީރު މާލެއިން ފުލުހުންގެ ޓީމެއް އައުމުންނެވެ. އޭގެ ކުރިން ގިނަ ބަޔަކު އެތަނަށް ވަދެ ނުކުމެ ހަދާފައިވެއެވެ.

/

ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޒަކިއްޔާ މަރުވެފައި އޮތް އިރު، ކައިރީގައި އޮތް ވަޅީގައި ލޭ ހުރިކަމަށް ބުނާ ބުނުމެވެ. ފުލުހުން އެ ވަޅީގައި ލޭ ހުރި ފޮޓޯއެއް ދެއްކި ނަމަވެސް، އެ ވަގުތު އެ ވަޅީގައި ލޭ ނެތް ކަމަށް އެތަނަށް ވަން ގިނަ ބަޔަކު އިއްތިފާގުވެއެވެ. އެ މީހުން ބުނާ ގޮތުގައި ވަޅީގައި ފަހުން ހުރި ލެޔަކީ ޒަކިއްޔާގެ ހަށިގަނޑު އުފުލި ވަގުތު އެތަނަށް އޮހޮރުނު ލޭ ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

ޒަކިއްޔާގެ އާންމު ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތަށް ބަލާއިރު، ހެނދުނު ބަދިގޭގެ ބާކީވާ ކުނި ނެރުމާއި، މާމަ ދަރިފުޅު ގޮވައިގެން ސްކޫލަށް ދިއުމަކީ އޭނާގެ އާދައެއް ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ. ފުލުހުން ބުނާ ގޮތުގައި މަރުވި ދުވަހު، ޒަކިއްޔާ ވަނީ މާމަދަރިފުޅު ސްކޫލަށް ލައިދިނުމަށް އޭނާގެ ޅީ ދަރިފުޅުގެ ގާތުގައި އެދިފައެވެ. އަދި، ބަދިގޭގެ ބާކީ ކުނި އޭނާ ހުރީ ނެރިފައެވެ. އެ ކުނި ވަނީ އުކާ ވެސް ލައިފައެވެ.

ނަމަވެސް، އެ ދުވަހު އެ ގެއަށް ކުނިބަލައިދިޔަ މީހުން ބުނާ ގޮތުގައި އެ ގެއިން ކުނިވާ ޒާތުގެ ކުނި އެ ދުވަހު ނެރެފައެއް ނުވެއެވެ. އެގެއިން ނެރެފައިވަނީ، އަދި އުކާލާފައި ވެސް ވަނީ ގުދަން ފަޅީގައި ހުރި ކުނި ނުވާ ޒާތުގެ އާއްމު ކުންޏެވެ.

ހޮޅުދޫ މީހުންނަށް އެ މައްސަލައިގައި ހިތްހަމަޖެހޭ ޖަވާބެއް އަދި ނުލިބިގެން އުޅެނީ މިފަދަ އެތައް ކަމެއް ފުލުހުންގެ ބަޔާނުގައި ހުރުމުންނެވެ. ޒަކިއްޔާ މަރުވި ކަމަށް ފުލުހުން ބުނެފައިވާ ވަގުތުން ފެށިގެން، އޭނާގެ ހަށިގަނޑު ވަޅުލުމާ ހަމައަށް ހިނގި ހުރިހާ ކަމެއް އެންމެ އެކަށީގެންވާ ގޮތަށް ހިނގާފައިނުވާ ކަމަށް އެ މީހުން ގަބޫލުކުރެއެވެ.

އޮޓޮޕްސީ ނުހެދި ސަބަބާއި، ސީން ރައްކާތެރިކުރުމާއި، ޒަކިއްޔާއަށް ލިބިފައިވާ ޒަޚަމްތަކާ މެދު ފުލުހުން ދިން ޖަވާބުތައް އެ މީހުންނަށް ޖަވާބަކަށް ނުވެއެވެ. އެ ވާހަކަތަކުން އަދި ހައްތަހާ ސުވާލުތައް ވަނީ އިތުރެވެ.

ހޮޅުދޫ ރައްޔިތުންގެ ހިތުގައި އެ ވާ އުދާސްތައް އިއްޔެ ކިޔައިދީފިއެވެ. އާއިލާގެ މީހުން ކިޔައިދިނީ އަނގަބަހުންނެވެ. އެހެން ރައްޔިތުން އެ ވާހަކަ ކިޔައިދިނީ އެ މީހުންގެ ލޮލުން ހިފެހެއްޓުމެއް ނެތި ފޭބި ކަރުނައިންނެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/