ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް، ހަ އަހަރުގެ ކުއްޖަކަށް ފަރުވާދެނީ
ފާތިމަތު މިޝްކާ
15 އޭޕްރީލު 2025 - 15:52

ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް، ހަ އަހަރުގެ ކުއްޖަކަށް ފަރުވާދެނީ
SHARE
ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:53 ހާއިރުއެވެ.
އެ އެކްސިޑެންޓް ހިނގީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހިއެވެ.
އޮފިޝަލް ވިދާޅުވީ ހަ އަހަރުގެ އަންހެން ކުއްޖާ އިން ސައިކަލް ދުއްވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ކުޑަކުއްޖާ އާއި އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.
.png&w=3840&q=75)
ފުލުހުން އަންނަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.