logo

މަސްތުވާތަކެއްޗާއެކު ކުރެންދޫން މީހަކު ހައްޔަރުކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

16 އޭޕްރީލު 2025 - 07:53
މަސްތުވާތަކެއްޗާއެކު ކުރެންދޫން މީހަކު ހައްޔަރުކޮށްފި

SHARE

ޅ. ކުރެންދޫ އިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުން ބުނީ ކުރެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކުރެންދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ ތަކެތީގެ ވަގުތީ ބަރުދަމުގައި 30 ގުރާމު ހުއްޓެވެ.

މި މައްސަލަައިގައި ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދޫ / މަޒާ، ޢަބްދުލްޤައްޔޫމް އިބްރާހީމް (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް, އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/