logo

އޮޅު ހިޔާ ފެސިލިޓީއަށް މިހާތަނަށް ގެންދެވުނީ 30 ބުޅާ

ފާތިމަތު މިޝްކާ

6 އޭޕްރީލު 2025 - 13:55
އޮޅު ހިޔާ ފެސިލިޓީއަށް މިހާތަނަށް ގެންދެވުނީ 30 ބުޅާ

އޮޅުހިޔާ ފެސިލިޓީގައި ތިބި ބައެއް ބުޅާ

SHARE

ހުޅުމާލޭގައި ގާއިމްކޮށްފައިވާ "އޮޅު ހިޔާ"އަށް މިހާތަނަށް ގެންދެވުނީ 30 ބުޅާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މާލޭ ސިޓީ ކައުންސިލުން ގާއިމްކުރި އެ ފެސިލިޓީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު މިނިސްޓްރީގެ ދަށަށް ގެންގޮސް މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންދަން ފެށިއެވެ. އެގޮތުން މިހާތަނަށް އެ ފެސިލިޓީއަށް 30 ބުޅާ ގެންދެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

View post on Twitter

އެ ފެސިލިޓީން ކުދި ބުޅާތައް ނުކުންނާތީ، މިހާރު ހަރުކޮށްފައިވާ ދާގަނޑު މަތިން އިތުރު ދާގަނޑެއް ހަރުކޮށް މިނިސްޓްރީން ވަނީ އެކަން ހައްލުކޮށްފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ހުޅުމާލޭގައި ބުޅަލަށް ޚާއްސަ ފެސިލިޓީއެއް ހަދަން ނިންމީ މާލެ ސަރަހައްދުގައި ބުޅާތައް ގިނަވެ ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭތީއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/