logo

ބުޅާ ފެސިލިޓީ އަންނަ މަހު ހުޅުވަނީ، ނަރީޝްގެ ޝުކުރު ރައީސަށް

މިރާޝް މޫސާ

20 އޮކްޓޯބަރު 2024 - 07:38
ބުޅާ ފެސިލިޓީ އަންނަ މަހު ހުޅުވަނީ، ނަރީޝްގެ ޝުކުރު ރައީސަށް

މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސަލާން ކުރައްވަނީ --- މާލޭ ސިޓީ ކައުންސިލް

SHARE

މާލޭގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ހުޅުމާލޭގައި ގާއިިމުކުރާ ބުޅާ ހިޔާ/ ކެޓް ޝެލްޓާ ފެސިލިޓީގެ މަސައްކަތް ނިމި އަންނަ މަހު ހުޅުވޭވަރުވާނެ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ދިއުމުގެ ޝުކުރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހައްގު ކަމަށެވެ.

އެގޮތުން ނަރީޝް ވިދާޅުވީ، މިދިޔަ ސަރުކާރުގައި، ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު އެ މަސައްކަތް ކުރިއަށް ނުދިޔައީ އޭރުގެ ސަރުކާރުން އެކަމަށް ބޭނުންވާ ބިން ނުދީ ހިފެހެއްޓުމުން ކަމަށެވެ.

ނަމަވެސް، އެމަނިކުފާނު ވެރިކަމާ ހަވާލުވުމާއެކު، އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއެއްގެ ގޮތުގައި އެކަން ކަނޑައަޅާ، ހުޅުމާލެއިން ބިން ހަމަޖައްސައިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެއް މިކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުން"،

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

"މާލޭ ގެ ރައްޔިތުންގެ މިބޮޑު ކަންބޮޑުވުމަށް ގެނެސްދެއްވި އަވަސް ހައްލަށް ހައްގު ޝުކުރު ރައީސް މުއިއްޒަށް ދަންނަވަން" ނަރީޝް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ސިޓީ ކައުންސިލަށް ދީފައިވާ ބިމުގައި އެ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ފެސިިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭނެ ސަރަހައްދެއްގެ އިތުރުން، ކްލިނިކަކާއި، ލެބޯޓަރީއަކާއި، ފާމަސީއެއް ވެސް ހުންނާނެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/