
ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

މަރްޔަމް މާޙީ

ފޮޓޯ: އަވަސްއެމްވީ
SHARE
ހދ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުރި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި 34 އަހަރުގެ ޒުވާނެއް ހޮސްޕިޓަލަށް ގެންދިޔަައީ އެޕްރިލް ހަތަރެއްވީ ހުކުރު ދުވަހު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުންނެވެ. އޭނާ ނިޔާވީ މިއަދު 15:18 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާ ދަންޖެހުމުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް އެޗްއާރުސީއެމް އާއި އެންއައިސީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.






