logo

6.7 ކިލޯގެ ޑްރަގު އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

8 މާރިޗު 2026 - 05:31
6.7 ކިލޯގެ ޑްރަގު އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

SHARE

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި އިންޑިއާގެ ދެ ރައްޔިތުންނެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ / ހިތިލާގެ، ޢަލީ ޢިރުފާނު (28އ) އާއި، އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ ދަނޫޝްކާނދަން ގޯޕާލް (19އ) އަދި ކަތިރިވިލް މަނިމަރަން (21އ) އެވެ. މި ތިން މީހުންނަކީ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި މީހުންނެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އިންޑިއާގެ ދެ މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ދީފައެވެ.

ކަސްޓަމްސް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ އެ މީހުންގެ ދަބަސްތައް އާންމު އުސޫލުން ސްކްރީން ކުރުމުގެ ތެރޭގައެވެ. ފޮށިތަކުގެ ތެރޭގައި ފޮރުވާފައި ހުރި މި ތަކެތި ލެބޯޓްރީގައި ތަހުލީލު ކުރުމުން، އެއީ ހަޝީޝް އޮއިލް ކަން ވަނީ ކަށަވަރުވެފައެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 6.7 ކިލޯ ހުރިއިރު، މީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/