logo

ކިލޯއަކަށްވުރެ ގިނަ ޑްރަގު އެތެރެކުރި ދެ މީހުންގެ ވަނަވަރު އާންމުކޮށްފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

8 މާރިޗު 2026 - 08:21
ކިލޯއަކަށްވުރެ ގިނަ ޑްރަގު އެތެރެކުރި ދެ މީހުންގެ ވަނަވަރު އާންމުކޮށްފި

SHARE

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެ ރައްޔިތެއްގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 25 އަހަރުގެ ޖައިނަބު ވާޖިދު ޢަލީ އާއި 21 އަހަރުގެ މުޙައްމަދު ނަވާޒް ދަޔަތަރު އެވެ. މި ދެ މީހުންނަކީ ވެސް އިންޑިއާގެ ރައްޔިތުންނެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި، އިންޑިއާއިން ރާއްޖެއައި މި ދެ މީހުންނަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެމީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/