logo

އަނެއްކާވެސް ޝަމްވީލްގެެ ރީތި މެޝަޕެއް - އަޑު އަހާލައިފިންތަ؟

މިރާޝް މޫސާ

13 އޭޕްރީލު 2025 - 10:40
އަނެއްކާވެސް ޝަމްވީލްގެެ ރީތި މެޝަޕެއް - އަޑު އަހާލައިފިންތަ؟

---ޝަމްވީލްގެ ހަތްވަނަ މެޝަޕްގެ ކަވާ

SHARE

ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ)ގެ ހަތްވަނަ މެޝަޕް ރޭ ނެރެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޝަމްވީލް އަންނަނީ ކޮންމެ އަހަރަކު ވެސް އާންމުންގެ މެދުގައި މަގުބޫލު ލަވަތަކުގެ މެޝަޕެއް ނެރެމުންނެވެ. މި މެޝަޕްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފައެވެ.

މި ފަހަރުގެ މެޝަޕް ވެސް މިހާތަނަށް ގިނަ ބަޔަކު ވަނީ އަޑުއަހާފައެވެ. ދިވެހިންގެ މެދުގައި މަގުބޫލު ހަ ރާގަކަށް ހަދާފައިވާ ލަވަތަކެއް މި މެޝަޕްގައި ވަނީ ހިމަނާފައެވެ.

ޝަމްވީލް ބުނިގޮތުގައި މިފަހަރުގެ މެޝަޕްގެ އެންމެ ތަފާތު ކަމަކީ ވީޑިއޯއެވެ. އިސްމާއީލް ރަޝީދު [ކޮޕީ އިއްސެ] ޑައިރެކްޓްކޮށްފައިވާ ވީޑިއޯއިން ދައްކުވައިދެނީ ލޯބީގެ ޚިޔާލީ ވާހަކައެކެވެ.

"ވީޑިއޯގެ ސްޓޯރީ ހަމަ ބެލުންތެރިންނަށް ދޫކޮށްލާފައި އެއޮތީ ޕަޒްލްއެއް ގޮތަށް" ޝަމްވީލް ބުންޏެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ޝަމްވީލް ބުނީ މި ލަވައިގެ ފަހަތުގައި ބޮޑު ޓީމެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށެވެ. އެގޮތުން ، ވީޑިއޯގެ ޑައިރެކްޓަރު ކޮޕީ އިއްސެއާއި، އެޑިޓަރު އަހްމަދު އާސިިމްގެ މަސައްކަތް އޭނާ ފާހަގަކުރިއެވެ. އަދި ވީޑީއޯއިން ސިނަމަޓޮގްރަފާ ޔާމީން ޒަކީ އާއި، ވީޑިއޯ އިފެކްޓްސް ހެދި ވިޝާލް ޒަކީގެ ހުނަރުވެރިކަން ފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މެޝަޕްގެ މިއުޒިކް އަދި މިކްސިން ހަދާފައިވަނީ ސްޓާލިޒްއެވެ. ލިރިކްސްތައް ހަދާފައިވަނީ ނަދީމް، ސުހައިލާ އަދި ޔަމީންއެވެ. ހެއާ އެންޑް މޭކަޕް އާޓިސްޓަކީ އިބްނާއެވެ. ޝަމްވީލް ވަނީ ލަވައިގެ މުޅި ޓީމެއް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން ލަވައިގެ މެއިން ސްޕޮންސަރު، ޓިމްބާ ހައުސް، އަދި ކޯ ސްޕޮންސަރުން ކަމަށްވާ ބްލޫ ސްކައި ބީޗާއި، ހޯކްސް ޕްރައިވެޓް ލިމިޓެޑުން ދިން އެއްބާރުލުން އޭނާ ފާހަގަކުރިއެވެ. އަދި ވީޑިއޯ ނެގުމުުގައި ދަރުމަވަންތަ ހޮސްޕިޓަލުން ދިން އެހީތެރިކަން ވެސް އޭނާ ފާހަގަކުރިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/