ފުނަދޫގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފަށައިފި

މަރްޔަމް މާޙީ
17 އޭޕްރީލު 2025 - 06:33

SHARE
ށ, ފުނަދޫގައި އައިޑީކާޑު ހައްދައި ޕްރިންޓު ކުރުމުގެ ހިދުމަތް މިއަދު ފަށައިިފިއެވެ.

މި އަހަރު ތެރޭގައި ރާއްޖޭގެ ކުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ގާއިމް ކުރުމުގެ ގޮތުން, ޑިޕާޓުމެންޓް އޮފް ނެޝިނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ށ އަތޮޅުގައި އެ ހިދުމަތް މިއަދު ފަށާފައިވާއިރު, އަންނަ ހަފްތާގެ ތެރޭގައި އެ އަތޮޅު މިލަންދޫގައި ވެސް އެ ހިދުމަތް ދިނުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
މި ވަގުތު ރާއްޖޭގެ 17 ރަށަކުން އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ދޭއިރު, ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުުމުތަކުގައި ވެސް އައިޑީކާޑު ހެއްދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ, ލަންކާ, މެލޭޝިއާ, އަދި އިނގެރޭސި ވިލާތުގައި ވެސް މި ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.