logo

ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފި

ސައިފުﷲ އަލީ

7 ޖޫން 2025 - 08:46
ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފި

މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫ އެއާޕޯޓްގައި --- ފައިލް ފޮޓޯ

SHARE

ށ. ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފުނަދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އެހެންވެ، މޯލްޑިވިއަނުން ފުނަދުއަށް މިއަދު ރާވާފައިވާ ދަތުރުތައް ނުކުރެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެކަމުގެ އަސަރުކޮށްފައިވާ ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެނިހެން އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވިއަނުން އަންނަނީ ކުރަމުންނެވެ.

ފަސިންޖަރުންނަށް އެ އެއާލައިނުން ގުޅާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެ އެއާލއިންގެ ކޯލް ސެންޓަރު 1671 އަށް ގުޅުމަށްވެސް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/