ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
މިރާޝް މޫސާ

SHARE
އަންނަ މަހުގެ ތިން ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ތިން ވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.
ރައީސް ވިދާޅުވީ އެ ނިވްސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށެވެ. އަދި މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވުމަށް އެމަނިކުފާނު، ނޫސްވެރިންނަށް ދައުވަތު ދެއްވިއެވެ.
ޓީވީ ސްޓޭޝަނަކުން ދައުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށް ވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
.png&w=3840&q=75)
ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.